ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނަގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މިރޭ 18:30 ން 23:30 މެޓު އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައިވާގޮތުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓާއަށް މިވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓު އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށާއި އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށްވެސް މޫސުމާއިބެހޭ އިދާރާއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ