ޖަނަވަރީ 03 ވަނަ ދުވަހު މާފުށީގައި ހުންނަ ރިމާންޑް ޖަލުގައި ބަންދުގައި ތިބި ބަޔަކު ފެށި ހަމަ ނުޖެހުންތައް ޙައްލުވެފައިވަކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މުނާޒް މިހެން ވިދަޅުވީ މާފުށީ ޖަލުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅޭގޮތުން މަޢިލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މުނާޒު ވިދަޅުވީ މި ހަމަނުޖެހުންތައް ހައްލުކޮށްފައިވަނީ ބާރުގެ ބޭނުން ކޮށްގެން ނޫން ކަމަށާއި، ބަނދުގައި ތިބި މީހުންނަށް ނަސޭހަތް ދީގެން ކަމަށެވެ.
މި ދިޔަ ހުކުރު ދުވަހު މާފުށީ ޖަލުގެ ޔުނިޓު ހަތަރެއްގައި ހަމަނުޖެހުން ހިނގައި ބަނދުގައި ހުރި މީހަކު ޖަލު އޮފިސަރެއްގެގައިގައި ޖެހުމުގެ އެމައްސަލަ ވަނީ ހޫނުވެފައެވެ. އެ ގޮޅިގައި ތިބި ބަޔަކު ވަނީ އޮފިސަރުންގެ ގަޔަށް މިރުސް ފެންޖަހާފައި ކަމަށާއި، އަދި ފަހުން އެހެން ގޮޅިއެއްގައި ތިބި ބަޔަކުވެސް ވަނީ އޮފިސަރުންގެ ގަޔަށް މިރުސްފެން ޖަހާފައި ކަމަށް މުނާޒު ވަނީ ވިދާޅުވެފައެވެ.
ޖަނަވަރީ 5 ވަނަ ދުވަހުވެސް މާފުށީޖަލުގައި ބަނދުގައި ތިބި މީހުންނާއި އޮފިސަރުންނާއި ދެމެދު ހަމަނުޖެހުން ހިނގައިފައިވާކަމަށް ބުނެ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. ބަނދުގައި ތިބި ބައެއްގެ މޫނު ދޮންނަ މަންޒަރު ފެންނަ މި ވީޑިއޯގައި ފުލުހުންގެ އިތުރުން ސީޕީ މުނާޒުއާއި ކަރެކްޝަންސްގެ އޮފިސަރުންވެސް ފެނެއެވެ.
މުނާޒު ވިދަޅުވެފައި ވީޑިއޯގައި ފެނިފައި ވަނީ ބަނދުގައި ތިބި މީހުންނަށް ނަޞޭހަދިނުމުންވެސް ހަމަނުޖެހުން ހުއްޓާ ނުލުމުން އެ ގޮޅިއަށް ޕެޕަރސްޕްރޭ ޖެހުމަށްފަހު އެމީހުންގެ މޫނު ދޮންނަ މަންޒަރު ކަމަށެވެ.
މުނާޒް ވިދާޅުވީ ހަމަނުޖެހުންތައް މިހާރު ހުއްޓާލައިފައިވާކަމަށާއި، ހަމަނުޖެހުން ހިންގިމީހުން މިހާރު ތިބީ މަޑުންކަމަށެވެ.




