ފޮޓޯ : ފިސަރީޒް މިނިސްޓްރީ

އދ އަތޮޅުގައި ފާނަ ބޮޑުކޮށް ވިއްކުމުގެ ޕްރޮޖެކްޓެއް ފަށައިފި

އދ. އަތޮޅުގެ 4 ރަށެއްގައި ފާނަ ބޮޑުކޮށް ވިއްކުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.

މި ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އދ. މަހިބަދޫގައި މިއަދު ފެށި މި ޕައިލެޓް ޕްރޮޖެކްޓްގައި މަހިބަދޫގެ އިތުރުން ދަނގެއްޗާއި އޮމަދޫ އަދި ދިގުރަށުގެ ޖުމްލަ 20 ފަރާތަކުން ބައިވެރިވި އެވެ.

މިއީ ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކޮށް، އެ ދާއިރާ މެދުވެރިކޮށް އިގްތިސާދު ކުރިއަރުވައި އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލުވާ ގޮތަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓެވެ.

18 މަސް ދުވަހަށް ކުރިޔަށް ގެންދާ މި ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. މިއަދު މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބޮޑު ހަރަދެއްކޮށް، ގިނަ ދުވަހެއްގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް، މި ޕްރޮޖެކްޓް ރޭވިފައިވާ ގޮތުން މިހާރު މި ބޮޑުކުރެވޭ ފާނަތައް ވިއްކައިގެން ލިބޭ އާމްދަނީ އެ ފަރާތަކަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ޒަހާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ