ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް (ޑީޕީޖީ) ގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޑީޕީޖީގެ މަގާމުން ނިހާޔަތު އިއްޔެ މެންދުރުފަހު އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބު ވަނީ ސާފުވާގޮތް ނުވެފައެވެ.
ޑީޕީޖީގެ މަގާމާއެކު ނިހާޔަތު ޕީޖީ އޮފީހާއި ގުޅިވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ޑީޕީޖީގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޑިސެމްބަރު 31، 2015 ގައެވެ.
ޑީޕީޖީންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވަ އެވެ. ނިހާޔަތު އިސްތިއުފާ ދެއްވުމުން ޑީޕީޖީގެ މަގާމުގައި މިހާރު ހުންނަވާނީ މަހްމޫދު ސަލީމެވެ.




