ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދު ހެނދުނު 11:55 އިން ފެށިގެން 15:30 އާއި ހަމަޔަށް ވައިޓް އެލާޓު ނެރެފައެވެ.
ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަޔަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
Alert White in effect for southern atolls till 1530LT pic.twitter.com/xMuh5LYIDc
— Maldives Meteorology (@MetMaldives) January 13, 2020
ރޭވެސް ވަނީ ވ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމަދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައެވެ.



