ދަމަނަ ވެށީގައި ހިލޭ މީސްލްސް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސައިފި

ދަމަނަ ވެށީގައި ހިލޭ މީސްލްސް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ދަމަނަ ވެށިން މިއަދު ނެރުނު ޚާއްސަ ދައްނަވާލުމެއްގައި ވިދާޅުވީ، މީސްލްސް ވެކްސިން ދިނުމުގެ އިންތިޒާމު ދަމަނަ ވެށީގައި ހަމަޖެހިފައިވާކަމަށާއި، ވެކްސިންއަށް އަދި ވެކްސިން ޖެހުމަށް އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެކަމަށެވެ.

އެގޮތުން މިދަންނަވާލުމުގައި މިއިންތިޒާމު ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ހާމަކޮށްފައިވާއިރު، މީސްލްސް ވެކްސިން ޖަހައިދޭ އުމުރު ފުރާގެގޮތުގައި ބުނެފައިވަނީ މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނެވެ.

މީގެއިތުރުން ވެކްސިން ޖަހަން ވަޑައިގަންނަވާއިރު، ކުއްޖާގެ އައި.ޑީ ކާޑު އަދި ވެކްސިން ފޮތް ގެނައުމަށްވެސް ދަމަނަ ވެށިން އެދިފައިވެއެވެ. އަދި ވެކްސިން ފޮތް ނެތް ކުދިންނަށްވެސް އައި.ޑީ ކާޑު ގެނައުމުން ވެކްސިން ޖަހައިދެވޭނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:15 އިން ހަވީރު 5:00 އަށެވެ.

އަދި މީސްލްސް އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ، ހޮޓަލައިން ނަންބަރު 7377004 އަށް ގުޅުއްވުމަށްވެސް އެފަރާތުން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ