ޖަނަރޭޓަރ ތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާތީވެ، ހުޅުމާލޭން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި އަލަށް ޤާއިމް ކުރާ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓޭ ޖަނަރޭޓަރ ތައް ކަމިޝަން ކުރުމާއި، ރިލެއެބިލިޓީ ޓެސްޓްތައް މިހާރު ކުރެވެމުންދާތީ، މިމަސައްކަތް ކުރެވެމުންދާއިރު ކަރަންޓްގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މި ޕްރެޖެކްޓް ނިންމުމާއެކު ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ޙައްލު ވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން މިއަދު ވިދާޅުވިއެވެ.
ޖަނަރޭޓަރ ތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާތީވެ، ހުޅުމާލޭން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެފައި މިވަނީ ގިނަ އަރުތަކަކަށް ހުޅުމާލެއިން އިއްޔެ ކަރަންޓް ކެނޑިފައިވަނިކޮށެވެ.



