ކަނޑު އުޅަނދުތަކެއް މާލޭ ބަނދަރުގައި - ފެށުން ފޮޓޯ: ވިސާމް

ހަފްތާ ބަންދުގައި މުޅިރާއްޖެއަށްވެސް މޫސުން ރަނގަޅު - މެޓް އޮފީސް

ކުރިޔަށް އޮތް ހަފްތާ ބަންދުގައި މުޅިރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެތް އޮފީހުން ވިދާޅުވެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުވެސް އުތުރަށާއި، މެދުރާއްޖެތެރެއަށް އަދި ދެކުނުގެ އަތޮޅުތަކަށްވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދުގެ މޫސުމަށް ބަލާލާއިރު މެޓް އޮފީހުން ބުނެފައިވަނީ އިރުއުތުރާއި އިރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

"އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ" ކަމަށްވެސް މެތް އޮފީހުން މިއަދު ވަނީ ވިދަޅުވެފައެވެ. ރާޅުގެ އުސްމިން: 2 - 5 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ