ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި ދެ މީހުން ހައްޔަރު ކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި މައްސަލާގައި އެ ކުއްޖާއާއިމެދު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ 3 ފިރިހެނަކު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައިވެއެވެ.
62 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މިއަދު 15:05 ހާއިރު ކަމަށާއި، މި މައްސަލާގައި ހައްޔަރު ކުރި ދެވަނަމީހާ، 81 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މިއަދު 15:25 ހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
މި މައްސަލާގައި ޖިންސީ ޝިކާރައަކަށްވި ތުއްތު ކުއްޖާ މިހާރު ވަނީ އާއިލާގެ ބެލުމުގެ ދަށުން ނަގައި ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ.




