މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް އެލާޓް ނެރެފި

40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް އެލާޓް ނެރެފިއެވެ.

ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ނެރުނު ހުދު އެލާޓްގައިވަނީ، މިރޭ 18:30 އިން ފެށިގެން 00:30 އާއި ހަމައަށް ނ.އަތޮޅުން ފެށިގެން ލ. އަތޮޅަށް ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށެވެ.

މީގެއިތުރުން މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި އަދި ބައެއް އަތޮޅުތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.

އަދި މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ