ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ހިނގާލުމެއް

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހދ. ކުރިނބީގައި ހިނގާލުމެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ކުރިނބީގައި ކުރިއަށް ގެންދިޔަ މިހިނގާލުމަކީ އެރަށުގެ ހީވާގި ކަނބަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މިހިނގާލުމުގައި ރަށުގެ ވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންވަނީ ބައިވެރިވެފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ތަފާތު މެސެޖުތައް ލިޔެފައިވާ ބޯޑުތަކާއެކު ކުރިއަށް ދިޔަ މިހިނގާލުން ފެށިފައިވަނީ ކުރިނބީ ޒުވާނުންގެ ޢިޖުތިމާއި މަރުކަޒު ކުރިމަތިންނެވެ. ހިނގާލުން ފެށުމުގެ ކުރިން ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙްގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ނާޡިމްވެސް ހިނގާލުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ ގިނަ ފަހަރު ކުރިމަތިވެފައިވަނީ ޢާއިލާގެ ކޮންމެވެސް މެންބަރެއްގެ ފުށުންކަމަށްވާތީ، ޢާއިލާގެ އަބުރަށްޓަކައި ގިނަ ފަހަރު އެފަދަކަންކަން އެތެރެ އެތެރެއިން ހަމަޖައްސާލަނީކަމަށާއި، ނަމަވެސް ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރާކަން ޝައްކުވާ ހިސާބުންފެށިގެން އެކަން ވީހާވެސް އަވަހަށް ރިޕޯޓްކުރުމަށް ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ހިނގާލުމުގެ ބައިވެރިންގެ ކިބައިން އެދިފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

ކުރިނބީ ސްކޫލްގެ ޕްރިންސިޕަލް ނާޡިމް ވިދާޅުވީ، ކުޑަކުއްޖަހަކަށް ކުރާ ޖިންސީ އަނިޔާއަކީ އެކަމުގެ ސަބަބުން އެކުއްޖާގެ މުޅި ދިރިއުޅުން އެއްކޮށް ޙަލާކުވެގެންދާނެ ކަމެއްކަމަށެވެ. އަދި އަދުގެ ކުޑަކުދިންނަކީ މާދަމާގެ މުސްތަޤުބަލުކަމަށާއި، އެކުދިން އެންމެ ރަނގަޅު ގޮތުގައި ރައްކާތެރިކަމާއެކު ބޮޑުކުރުމަކީ ކޮންމެ މަޔެއްގެ އަދި ބަފައެއްގެ އިތުރުން ބެލެނިވެރިއެއްގެ ޒިންމާއެއްކަމަށްވެސް ނާޡިމް ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

ކުޑަކުދިންނަށް ކުރާ އަނިޔާތައް ވަގުތުން ހުއްޓާލައި އެއަނިޔާ ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ހިނގާލުމުގެ ބައިވެރިންވަނީ ގޮވާލާފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

މީގެއިތުރުން މިހިނގާލުން އިންތިޒާމުކުރި ކަނބަލުންގެ ފަރާތުންވެސް ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކާފައިވާއިރު، ހިނގާލުން ނިންމާލާފައިވަނީ ބަނދަރު ސަރަޙައްދުގައި ނެގި ގްރޫޕް ފޮޓޯ އަކުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތަށް އިންތިހާއަށް އިތުރުވެފައިވާއިރު، މިމައްސަލަތައް މީޑިއާއަށް ތިލަވެ އެންމެންގެ ސަމާލުކަމަށް އައިސްފައިވަނީ 2 އަހަރު ނުފުރޭ ކުޑަކުއްޖަކު ދާދި ފަހުން ރޭޕްކުރި މައްސަލައާއި ހިސާބުންނެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައިވަނީ މިކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ޝުޢޫރުފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ