ހެލިކޮޕްޓަރު ހިންގޭނެވަރު ނެތިއްޔާ އިސްތިއުފާ ދެއްވާ : އުމަރު ނަސީރު

އަމިއްލަ އަށް ހެލިކޮޕްޓަރ ހިންގޭނެ މުއްސަނދިކަން ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދުދީދީ ވިދާޅުވުމުން އުމަރު ނަސީރު މާރިޔާ އަށް ރައްދު ދެއްވައި އިސްތިއުފާ ދެއްވުމަށް ގޮވާލައިފި އެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕްރޭޝަން ހިންގާ ގައުމަށް ހެލިކޮޕްޓަރ ނުހިންގޭނެކަމަށް ވިދާޅުވުމަކީ ގައުމަށް ކުރެވޭ މަލާމާތެއް ކަމަށެވެ. އަދި ލޭގައި ގައުމީ ވިންދު ނުޖަހާނަމަ އިސްތިޢުފާ ދެއްވުމަށް މިނިސްޓަރ މާރިޔާ އަށް އުމަރު ނަސީރު ގޮވާލެއްވި އެވެ.

އުމަރު ވިދާޅުވީ މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި މަތިންދާ ބޯޓު ދުއްވާ ސެކްޝަންގެ ނަމުގައި އެއާ ވިންގެއް އޮތް ކަމަށާއި ދިވެހި ސިފައިން މަތިންދާ ބޯޓާއި ހެލިކޮޕްޓަރ ދުއްވާ އެތަކެތި ބެލެހެއްޓި ކަމަށް އުމަރު ވިދާޅުވިއެވެ.

ރައީސް ނާސިރުގެ ވެރިކަމުގައި މަރްހޫމް ކޮލި އަލިމަނިކުގެ މޭސްތިރިކަމުގައި ކުދި މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދައުލަތުން ބައްލަވައިގަނެވިފައި ވާކަމަށާއި މިތަކެތި ދުއްވާ ބަލަހައްޓާ ދުއްވުމަށްޓަކައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް ލަންކާގެ ރިޓަޔާޑް ޕައިލެޓުން ރާއްޖެ ގެންނަވައި ސިފައިން ތަމްރީން ކުރެއްވި ކަމަށް އުމަރު ނާސިރު ވިދާޅުވި އެވެ.

އޭގެ އަހަރުތަކެއް ފަހުން އެންއެސްއެސް އެއާ ވިންގުގެ ނަމަށް ބަދަލުވެ، ދިވެހި ޕައިލެޓުންނާއި އިންޖިނިއަރުންގެ އެހީތެރިކަމުގައި ހެލިކޮޕްޓަރުތަކާއި އެއާކްރާފްޓުތަށް ބެލެހެއްޓި ކަމަށް އުމަރު ވިދާޅިވިއެވެ. އަދި 1992 ވަނަ އަހަރު އެއާ މޯލްޑިވްސްގެ ދަށަށް ޕައިލެޓުންނާއި އިންޖިނިއަރުން ބަދަލުކުރި ކަމަށް އުމަރު ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ