ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާހަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފިއެވެ.
ބީއެމްއެލްއިން ބުނީ ސެން ކުލާސްތަކުގައި ކުދިންނަށް ކިޔަވައިދޭން އެކަށީގެންވާ ވަސީލަތްތައް މަދުވުމަކީ އެފަދަ ކްލާސްތަކަށް ދިމާވެފައިވާ ބޮޑު ދަތިކަމެއްކަމަށާއި މި އެހީއާއެކު 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފައި ސްކޫލް ތަކަކީ، ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ.އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ސެން ކުލާސްތަކަށެވެ.
#ForEveryChild, the opportunity to reach their full potential.
— Bank of Maldives (@bankofmaldives) January 27, 2020
We continue with our support towards the community with the donation of materials for Special Education Needs (SEN) classrooms in 10 schools across the country! pic.twitter.com/yeaUwhPYla
ބީއެމްއެލްގެ ސީއެސްއާރު ޕްރޮގްރާމު، "އަހަރެންގެ ބޭންކް"ގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ހަރަކާތްތައް ވަނީ ހިންގައިފައެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ލިބޭއިރު، އެ ބޭންކް އިން ތަޢާރަފް ކުރި ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް’ އަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމަޢުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް “އަހަރެންގެ ބޭންކް” ގެ ނަމުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.




