ނޮޅިވަރަމު އިންޓަރ-އޮފީސް ވޮލީ ޗެމްޕިއަންކަން ފެނަކަ ހޯދައިފި

ފެބުރުއަރީ 1 ގައި ފެށި ނޮޅިވަރަމު އިންޓަރ އޮފީސް ވޮލީ މުބާރާތް ފެނަކަ ކާމިޔާބު ކުރީ، ރޭ ކުޅުނު ފައިނަލް މެޗުގައި ނޮޅިވަރަމު ޕޮލިސް ސްޓޭޝަނާއި ވާދަކޮށް، 3-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމުގައި، އަޕަރނޯރު ޑިވިޜަންގެ ކޮމާންޑަރ ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒް އަދި އަދި ހދ އަތޮޅު ކޮމާންޑަރ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް ޢައިޝަތު ނިޝާ އަބްދުލް މުފީދު ބައިވެރިވެފައިވެއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ނަތީޖާ ފާހަގަކުރުމުގެ ރަަސްމިއްޔާތު ބާއްވާފައިވާއިރު މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ގޮތުގައި ހިމެނިފައިވަނީ،

  • ޢަހުމަދު ރަޝީދު (ނޮޅިވަރަމު ސުކޫލު ޓީމް)
  • އާދަމް ހުސައިންް (ނޮޅިވަރަމު ސިއްހީ މަރުކަޒު ޓީމް)
  • ޒައިދީ އިސްމާޢީލް (ނޮޅިވަރަމު ފެނަކަ ޓީމް)
  • މުޙައްމަދު ޢާދަމް (ނޮޅިވަރަމު ޕޮލިސް ޓީމް)
  • ހުސައިން ޙިލްމީ (ނޮޅިވަރަމު ފެނަކަ ޓީމް)
  • ޞާދިގު މޫސާ (ނޮޅިވަރަމު ޕޮލިސް ޓީމް)

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ނޮޅިވަރަމު ޕޮޮލިސް ސްޓޭޝަން ޓީމުގެ ޞާދިގު މޫސާ އެވެ.

މި މުބާރާތަކީ، ގިނަ ބައެއްގެ އެއްބާރުލުމާއެކު، ނޮޅިވަރަމު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ނޮޅިވަރަމު ސުކޫލު، ނޮޅިވަރަމު ސިއްޙީ މަރުކަޒު، ނޮޅިވަރަމު ކައުންސިލްގެ އިދާރާ، ނޮޅިވަރަމު ފެނަކަ ބުރާންޗު އަދި ނޮޅިވަރަމު ޕޮލިސް ސްޓޭޝަން އިން މި މުބާރާތުގައި ބައިވެރިވެ، ކޮންމެ ޓީމަކުންވެސް މޮޅު ކުޅުމެއް ދައްކައިފައިވެއެވެ.

ވޮލީ އަކީ ނޮޅިވަރަމުގައި ވަރަށް ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ. އެންމެ ފަހުން ފިނޭގައި ބޭއްވި ހދ އަތޮޅު ވޮލީ މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ ނޮޅިވަރަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ