ތިމާވެށީގެ އެކްޓިވިސްޓް "ގެެރޭޓާ ތުންބާގް" އާއެކު ބީބީސީއިން ޑޮކިޔުމެންޓަރީ ސީރީޒެއް ހަދަނީ!

މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޒުވާން ތިމާވެށީގެ އެކްޓިވިސްޓް "ގްރޭޓާ ތުންބާގް" އާއި ގުޅިގެން ތިމާވެށީގެ ބީބީސީއިން ޑޯކިޔުމެންޓަރީ ސީރީޒެއް ހަދަން ނިއްމައިފިއެވެ.

ސްވިޑެންއަށް ނިސްބަތްވާ އުމުރުން އެންމެ 17 އަހަރުގެ ގްރޭޓާ ތުންބާގްއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މުޅި ދުނިޔެއަށް ގޮވާލި، އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ތިމާވެށީގެ އެކްޓިވިސްޓެވެ.

ގްރޭޓާ ގެ މި ހިތްވަރުގަދަކަމާއި ކެރުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މީހުން ހޭލުންތެރިވާ މިންވަރު އިތުރުވެފައިވާއިރު، ބީބީސީއިން ގްރޭޓާ އާއެކު ހަދާ މި ޑޮކިޔުމެންޓަރީގައި، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ބަލާ ހޯދުމަށް ދުނިޔޭގެ އެންމެ އާދަޔާ ހިލާފް ތަންތަނުގައި މަސައްކަތް ކުރާނެއެވެ.

މި މަސައްކަތުގައި މޫސުމަށް އަންނަ ބަދަލުތަކަކުގެ އަސްލަކީ ކޮބާކަން ދެނެގަނެ، އެކަން ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައްވެސް މި ސީރީޒްގައި ގްރޭޓާ ދެނެގަންނާނެކަމަށް ބީބީސީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ސީރީޒްގައި، ގްރޭޓާ އާއި އެހެން ސައިންޓިސްޓުން އަދި ސިޔާސީ ފަރާތްތަކުގެ ބައްދަލުވެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ޗެލެންޖް ކުރާނެތައް ދައްކާނެއެވެ.

2018 ވަނަ އަހަރު ގަރޭޓާ ވަނީ. "ސްކޫލް ސްޓްރައިކް ފޮރ ދަ ކްލައިމެޓް" ދޭހަވާ ނިޝާނެއް އުފައްދައި އެކަން ސަމާލުކަމަށް ގެނެސްފައެވެ. އޭރު އޭނާ ބުނީ ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމެޓަށް ސްވިޑަން އަމަލުކުރަން ފަށަންދެން އޭނާގެ އިހުތިޖާ ކުރިއަށް ގެންދާނެކަމުގައެވެ. އަދި އޭނާގެ މި ފެށުން ފަހުން ވަނީ ތިމާވެރި ރައްކާތެރިކުރުމަށް ގޮވާލާ ބައިނަލްއަގްވާމީ ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ.

ގްރޭޓާ ގެ މި މަސައްކަތާއެކު، ޓައިމްސް މަޖައްލާގެ "ޕަރސަން އޮފް ދަ އިޔަރ"ގެ މަގާމަށް އުމުރުން 16 އަހަރުގެ ގްރޭޓަރ ތަންބާގު ވަނީ ހޮވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ