ނުރުހުންވިއަސް (4)

(ތިންވަނަ އަދަދާއި ގުޅޭ)

"އަހަރެން ބޭނުންވާ ކަންތައްދޯ" އެހެން ބުނެލަމުން ފާރިޝް ނަޝާގެ އުނަގަނޑުގައި ހިފާ ގަޔާއި ގާތްކޮށްލިއެވެ. އަދި ނަޝާގެ ލޮލަށް ބަލާލިއެވެ. ނަޝާހުރީ  ފާރިޝްއަށް ބަލާށެވެ. ދެލޯ ބޮޑުވެފައެވެ. ނޭވާ އަވަސްވެފައެވެ. ފާރިޝް އޭނާގެ މޫނު ނަޝާގެ މޫނާއި ގާތްކޮށްލިއެވެ. ފާރިޝްގެ ނޭވާ ނަޝާގެ މޫނަށް އެޅޭވަރަށެވެ. ނަޝާއަށް ދެލޯ މަރާލެވުނީ ބޭއިހްތިޔާރުގައެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ.

" އަހަރެން ބޭނުންވަނީ ނަޝާގެ ތި ރުޅިގަނޑު މައިތިރިކުރަން" ނަޝާގެ ކަންފަތްދޮށުގައި ވައިއަޑުން ފާރިޝް ބުނެލިއެވެ. އަދި ކުއްލިއަކަށް ނަޝާ ދުރަށް ޖައްސާލުމަށް ފަހުގައި ހިނގައިގެތެވެ. ހިނިތުންވެ ހުރެގެންނެވެ.

އެތަށް އިރެއްވީއިރުގައިވެސް ނަޝާއަށް ހުރެވުނީއެވެ. ހަދާނެގޮތެއް ކުރާނެ ކަމެއް ނޭނގިފައެވެ. ހިނގައިގަންނަންވީކަމެއް ނުވަތަ ދުވަފައިގޮސް ފާރިޝްގެ ގައިގާ ތަޅައިގަންނަންވީކަމެއް ނޭނގިފައެވެ. ހިތުގެ ވިންދު ތެޅެމުންދިޔައީ އިންތިހާއަށް ބާރަށެވެ.

***

ރޭގަނޑުގެ ހަމަހިމޭންކަމުގެ ވަގުތުގައިވެސް ލޮލުގައި ނިދީގެ އަސަރެއް ނެތި ތެދުވެ އުޅުނު ފާރިޝް ގޮސް ނުކުމެލީ ގޭގެ ބެލްކަންޏަށެވެ. މަގެއްގެ މަތިން ހިލަމެއްވެލަނީ މަދުފަހަރަކު މަދުމީހެކެވެ. ދިއްލާފައިވަނީ މަދު ގެއެކެވެ. ޔަގީނެވެ. އެވަގުތުގައިވެސް ފާރިޝްއަށް ވިސްނެމުން އެދަނީ ނަޝާއާއި ދޭތެރޭގައެވެ. ހިތަށް ކިތަންމެ ބާރެއް ފޯރުވަން މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އެކަމަށް ފާރިޝް ދިޔައީ ނުކުޅެދެމުންނެވެ. 

އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ޖީބުގައި އޮތް ފޯނުނަގައި މީހަކަށް ގުޅާލިއެވެ.

"ކޮބާ މިހާރު ލިބިއްޖެތަ؟" ފާރިޝް އަހާލިއެވެ.

"ކީކޭ އޮތީ؟" އެހެން އަހާލުމާއި އެކުގައި މަޑުމަޑުން ކަންފަތުން ފޯނު ދުރުކޮށްލާ ފޯނުކަނޑާލިއެވެ. އަދި އިސްޖަހާލައިގެން އިރުކޮޅަކު މަޑުން ހުރެލިއެވެ. ލޮލުން ފާއްދާލި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލާ ހިނިތުންވެލިއެވެ. މޭގައި އަތްޖަހާލާ ފުން ނޭވާއެއް ވައިގެތެރެއަށް ދޫކޮށްލިއެވެ. އަދި އަނބުރާ ގޭތެރެއަށްވަދެ ހަމަޖެހިލައިގެން އިށީނދެ ފޮތެއް ނަގައިގެން ކިޔަން ފެށިއެވެ.

ނަޝާއަށް ނުނިދިފައި އޮތީ އެދުވަހު ވެގެން ދިޔަ ކަންތަކުގެ ސަބަބުންނެވެ. އެ ހާދިސާގެ މަތިން ހިތަށްއަރާ ކޮންމެ ފަހަރަކު މީހާގެ ހިތުގެ ވިންދު އަވަސްވެ ހާސްވާގޮތްވަނީއެވެ. އަނެއްދުވަހު މަސައްކަތަށް ގޮސް ފާރިޝް ފެންނަ ހިސާބަށްވެސް ދިޔުމަށް އޭނާ ބޭނުމެއް ނުވެއެވެ. އެދުވަހު ކަންތައްވީގޮތުން ފާރިޝް އެފަދައިން އޭނައާއި ގާތްވާން ވެއްޖެނަމަ އެ ހިތުގައި ފާރިޝްއަށްޓަކައި އޮތް ރުޅިވެރިކަންމަތިން ހަނދާންނެތި ދާނެކަމުގެ ބިރަށްޓަކައެވެ.

"ނުޖެހޭ ދޯ ކޮންމެހެން އަހަންނާއި އެހާ ގާތްވާކަށް! ކީއްކުރާނަމޭ ހިތާތަ އަހަންނާއި އެހާ ގާތްއެވީކީ؟ މޮޔައެއްތަ އެއީ؟ އޭނައަށް ނޭނގޭތަ؟ އަހަންނަކީވެސް އިންސާނެއް ކަމެއް؟ އިހްސާސްތަކެއް އުފެދިދާނެކަމެއް؟ އަދި އެވެސް އުމުރުގައި އެންމެ ލޯބިވި މީހާދެކެ. އެކަމަކު އެމީހާ އަހަންނަށް ބޭވަފާތެރިވީވެސް. އެވަރުންވެސް މިއަދު އަހަރެންގެ ހިތް އޭނަ ފެނުނީމަ ކީއްވެގެންތަ މޮޔައެއްހެން މިއުޅެނީ؟"  އެނދުގައި އޮށޯވެގެން އޮވެ ބާލީހަށް ބަލަމުން ނަޝާ ވާހަކަމުން ދައްކަމުން ދިޔައެވެ. ހީވަނީ އެބާލީހަށް އެ ދައްކަ ހުރިހާ ވާހަކައަކަށް ރައްދު ދެވޭނެ ހެންނެވެ.

"އަސްލު ބުނެބަލަ! ކީއްވެގެންތަ ފާރިޝް އަހަންނަށް ބޭވަފާތެރިވީ؟ އަހަންނަށް ކީއްކުރެވިގެންތަ؟ އަހަރެން ހާދަ ލޯތްބެއްވީމޭ އޭނަ ދެކެ. ކުޑަކޮށްވެސް އޭނައަށް އެކަން އިހުސާސް ނުކުރެވުނުނީމަ ދެރައީ! އެންމެ ފަހަރަކުވެސް އަހަންނަށް ވީގޮތެއްވެސް ބަލައެއް ނުލާ، ދިރި ހުރިތޯވެސް ބަލާ ނުލާ. ހަމަ އެއްކޮށް އަހަރެން މަތިން ހަނދާން ނައްތާލީ. މައާފަށްވެސް އެދެން ނާދޭ. އެކަމަކު މިއަދު އޭނަ އަހަރެންނާއި މިހާ ގާތްވީމަ އަހަރެންގެ ހިތް މިހާވަރަށް ނަށަންޖެހޭތަ؟ އަހަރެން ވަރުގެ މޮޔައެއް މިދުނިޔޭގައިވެސް އުޅޭނެތަ؟" ނަޝާގެ ވާހަކަތަކަށް ހުއްޓުމެއް ނާދެއެވެ.

މުޅިރޭ ފާއިތު ވެގެން ދިޔައީ މިފަދަ ހާލެއްގައެވެ. ވިސްނުންތަކާއި ދުރަށް ދިޔުމަށް އެކަކު ފޮތެއް ކިޔުމުގައެވެ. އަނެކަކު އަމިއްލަ ނަފްސާއި ވާހަކަ ދެއްކުމުގައެވެ.

***

އެކަކު އަނެކަކު ނުފެނޭތޯ ދުއާ ކުރަމުން ދިޔަ ދެމީހުންވެސް ހުއްޓުންއެރީ އެއް ލިފްޓަކަށް އަރަންޖެހުމުންނެވެ. ނަޝާއަށް ފުރަތަމަވެސް އިސްޖަހާލެވުނީއެވެ. އެ މަންޒަރު ފާރިޝްއަށް ފެނުމުން ހިނިތުންވެލެވުނެވެ. ނަޝާ ލަދުގަނެފައި ހުރިކަން ޔަގީންވުމުންނެވެ. އަދިވެސް ނަޝާއަށް މާ ބޮޑު ބަދަލެއް ނާންނަކަން ޔަގީންވެފައެވެ.

ދެމީހުންނަށް ސިއްސައިގެންގޮސް އެކަކު އަނެކަކަށް ބަލާލެވުނީ ކުއްލިއަކަށް ލިފްޓު ހުއްޓުމުންނެވެ. ހާސްވެ ޖެހިލުންވި ނަމަވެސް އެކަން ނުދެއްކުމަށް ނަޝާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން ފާރިޝްއަށް އިހްސާސް ކުރެވުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހުގައި ފާރިޝް އެލާމްއަޅާލިއެވެ. ދެތިން ފަހަރަކު ތަކުރާރު ކޮށްލިއެވެ.

"ރޭންޖު ލިބޭތަ" ނަޝާ އަނގައިން ބުނެލިއަޑަށް ފާރިޝްއަށް ބަލާލެވުނެވެ. ޖީބުން ފޯނުނަގާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ.

"ކަމެއް ޖޭހޭއިރު އެއްވެސް ފޯނަކަށް ރޭންޖެއްވެސް ނުލިބޭނެ" ނަޝާ ތުންދަމާލިއެވެ. އޭރު ނަޝާ ނޭވާހާސްވާ ގޮތްވަމުން ދިޔައެވެ.

"ނަޝާ އެހާވަރަށް ހާސްނުވެބަލަ. އިރުކޮޅަކުން އޯކޭވެދާނެއޭ. ހަމަޖެހިލައިގެން ނޭވާލެވޭތޯ މަސައްކަތްކޮށްބަލަ" ފާރިޝް މަޑުމަޑުން ބުންޏެވެ. އެފަދަ ދަނޑިވަޅެއްގައި ނަޝާ ރުޅިއަރުވާލުމަކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ބުނަންށޭ ފަސޭހައީ. މިކަހަލަ ތަނެއްގައި ބެދުނީމަ ނޭވާލާކަށް ފަސޭހައެއް ނޫނޭ" ނަޝާގެ ނޭވާލުން އަވަސްވަމުން ދިޔައެވެ. ދުރުގައި ހުންނަން މަސައްކަތް ކުރި ނަމަވެސް ފާރިޝްއަށް ދުރުގައި ހުރުމަށް ކެތެއްނުވިއެވެ.

"ނަޝާ" ފާރިޝް ނަޝާއަށް ގޮވާލަމުން ގޮސް ނަޝާގެ ގައިގާ ހިފަހައްޓާލިއެވެ.

"މިތާ އިށީނދެލަންވީއެއްނު؟" ފާރިޝްއެދުނެވެ. ފާރިޝްބުނި ގޮތް ހަދައިގެން ނަޝާ މަޑުމަޑުން އިށީނެވެ. އޭރުވެސް ނޭވާލުމަކަށް ބަދަލެއް ނާދެއެވެ.

އެފަދަ ގޮތަކަށް ދެމީހުން ތިބޭތާ ބައިގަޑިއިރުވާން ގާތްވީއެވެ. އަދިވެސް ނުކުމެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ނަޝާ ނޭވާ ނުލެވިގެން ތެޅި ފޮޅެނީއެވެ.

"ނަޝާ ދުވަހަކުވެސް އަހަންނަށް މައާފެއް ނުކުރާނަންތަ؟" ފާރިޝްގެ ކުއްލި ސުވާލާއި އެކުގައި ނަޝާ ސިއްސައިގެން ދިޔައެވެ.

"އަހަރެން ވަރަށް ދުވަހު އިންތިޒރުކޮށްފިން ނަޝާގެ މައާފު ހޯދަން. އެކަމަކު އަހަންނަށް އަދި އެކަމަށް އެދޭނެ ހިތްވަރެއް ނުލިބިފައި މި ހުރެވެނީ. މިއަދު އަހަރެން މައާފަށް އެދިއްޖިއްޔާ ނަޝާ އަހަންނަށް މައާފް ކޮށްދޭނަންތަ؟" ފާރިޝް ނަޝާގެ އަތްތިލައިގައި ހިފާލިއެވެ.

"ފާރިޝް. ފާރިޝް. ކީއްވެގެންތަ އެދުވަހު އެހެން ކަންތައް ކުރީ؟ ފާރިޝްއަށް އެނގޭތަ އަހަރެން ފާރިޝްދެކެ ކިހާވަރަކަށް ލޯބިވީކަން؟ ފާރިޝް އަހަރެން ދޫކޮށްލާފައި ދިޔައިމަ އަހަރެން އުޅުނު ގޮތް ކުޑަކޮށްވެސް ފާރިޝްއަށް އިހްސާސްކުރެވޭތަ؟ އަހަންނަށް ހީވީ އަހަރެންގެ މުޅި ދިރިއުޅުން ފުނޑުފުނޑު ވެގެން ދިޔަހެން. އަބަދާ އަބަދު އަހަންނަށް ރުއިން ނޫން ކަމެއް ނުވޭ. ކެވެނީއެއް ނޫން. ބޮވެނީއެއް ނޫން. އެކަމަކު ފާރިޝް އެންމެ ފަހަރަކުވެސް ބަލާނުލާ އަހަރެން ހުރީ ދިރިތޯވެސް." ނަޝާއަށް ރޮވެން ފެށުނެވެ. ނޭވާލުން މަތިން ހަނދާންނެތި އެތަށް އަހަރެއް ކުރިން ވެދިޔަ ހިތާމަވެރި ހާދިސާ ލޯ މަށްޗަށް ސިފަވަމުން ދިޔައެވެ.

"އެންމެ ފަހަރަކުވެސް ފާރިޝް އަހަރެން އުޅޭނެ ހާލެއް ހިތަށް އެރިތަ؟ އެންމެ ފިރިހެނެއްގެ ސަބަބުން އަހަރެން ހުރިހާ ފިރިހެނުން ދެކެ ފޫހިވީ. އެންމެ ފިރިހެނަކާ ހުރެ. ފާރިޝްއަށް އެނގޭތަ؟ އަހަރުމެން ދެމީހުން ވަރިވިއިރު އަހަރެން އިނީ ބަލިވެކަން؟ އަހަންނަށްވެސް އެކަން އެނގުނީ ވަރިވި ފަހުން. އެކަމަކު ކަންދިމާކުރިގޮތުން އަހަންނަށް އެ ދަރިފުޅުގެ ނަސީބުވެސް ނުލިބުނު. ދެން ފާރިޝް ވިސްނާލަބަލަ އަހަރެން ރޯނެވަރު. އެކަނިވެރިވާނެ ވަރު. ރޮއި ރޮއި އަހަންނަށް ހީވި އަހަރެންގެ ލޮލުން ކަރުނަ ހުސްވެގެން ލޭވެސް އައިސްދާނެހެން. ބޭރަކަށް ނުދަން. ބަޔަކާ ވާހަކައެއް ނުދައްކަން. ހިނިތުންވެލަން އޮޅިގެންވެސް ނޭނގޭ. މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ ހަމަ ފާރިޝްއާއި ހުރެ. " ނަޝާއަށް އޭރު އަޑުން އަޑުނަގާ ރޮވެނީއެވެ.

"ނަޝާ އަހަންނަށް މައާފްކުރޭ. އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް. އަހަރެން ކިތަންމެ ވަރަކަށް މައާފަށް އެދެން ދާން ބޭނުންވި ނަމަވެސް އަހަރެން ދާނީ ކޮން މޫނަކައިގެން؟ ކީކޭ ކިޔާފައި؟ އަހަރެން ދިޔަ ނަމަވެސް ނަޝާ އަހަންނަށް މައާފު ނުކުރީސް. އެކަމަކު މިހާ ދުވަސްކޮށްފައި، އެތަށް އަހަރެއް ފަހުން އަހަރެން އައިމަވެސް ނަޝާއަށް އަހަންނަށް މައާފެއް ނުކުރެވޭނެތަ؟ އަހަންނަށް އެނގޭ އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް ނިމިގެން ދިޔަ ތަނެއް އަނބުރާ ނުގެނެވޭނެކަން. އެކަމަކު މަދު ދުވަސްކޮޅަކަށް ނަމަވެސް ނަޝާ ހެއްވާލަން، އުފާކޮށްލަދޭން ފުރުސަތެއް ދީފާނަންތަ؟" ފާރިޝް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ.

"މައާފް ކުރަން އަހަރެން ކިތަންމެ ބޭނުންވިޔަސް އަހަރެން ކިހިނެއް ފާރިޝްއަށް މައާފްކުރާނީ؟ އަހަންނަކަށް ހިއެއް ނުވޭ އަހަންނަށް ތިކަންވެދާނެހެނެއް." ނަޝާ އަޑަށް ބާރު ލަމުން ބުނެލިއެވެ.

"އަހަންނަށް ދީ އެންމެ ދެމަސް.. ނޫން.. އެންމެ މަހެއްވެސް ރަނގަޅު. ހަމައެކަނި ނަޝާގެ ރަހުމަތްތެރިއަކަށްވެލަން. އެއްމަސް ނިމޭއިރުގައި ނަޝާއަށް އަހަންނަށް މައާފް ނުކުރެވިއްޖެ ނަމަ ދެން މައާފް ހޯދާށޭ ކިޔާފައި އަހަންނެއް ނޫޅޭނަން. އަދި ނުވިތާކަށް ނަޝާގެ ދިރިއުޅުމުންވެސް ދާނަން. ދުވަހަކުވެސް އަނބުރާ ނަޝާއަށް ފެންނަފަށަށް އުނދަގޫ ކުރާކަށްވެސް ނާންނާނަން" ފާރިޝް ނަޝާއާއި ދިމާއަށް ސަލާމް ކުރުމަށް އަތްދިކޮށްލިއެވެ. މާ ގިނަވަގުތެއް ވިސްނުމަކަށް ހޭދަ ކުރުމެއް ނެތި ނަޝާ ސަލާމް ކޮށްލިއެވެ.

ނަޝާ ބޭނުންވަނީ އޭނާގެ ދިރިއުޅުމުން ފާރިޝް ނެރެލާށެވެ. ދުވަހަކުވެސް ފާރިޝް ދެކުމަކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އެންމެ މަސްދުވަހެއް އެކުގައި ހޭދަކުރުމަށްފަހުގައި ފާރިޝް އޭނާގެ ހަޔާތުން ދުރަށް ފޮނުވާލެވޭނެ ނަމަ ފޮނުވާލަން ނަޝާ ހުރީ ތައްޔާރަށެވެ. ނަމަވެސް ނަޝާއަށް ނޭނގުނީ އެއްމަސް ދުވަހުގެ ތެރޭގައި ދިރިއުޅުން ބަދަލު ވެގެން ގޮސްދާނެ ކަމެވެ. ޖެހެމުން އައި އޮޔާއި ވައިގެ މިސްރާބު ބަދަލު ވެދާނެ ކަމެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. naishy

    kiyaa laahiyviyas kihineh kiyaanee me upves vaa vaahakaeh noon ??

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ