ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ސްޕަ މެޖީރިޓީ ދިނުމުގެ ހިތި ފެންނާނެ ކަމަށް އަބަދުވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑު އުފުއްލަވާ, ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ، އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަކާ ނުލައި "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމުން ކަމަށާއި، ފެށުނީއްސުރެން އޭނާ ޕްރައިމަރީ ބާއްވަން ވަކާލާތު ކުރައްވަނީ މިފަދަ ސަބަބުތައް ހުރުމުން ކަމަށެވެ.
"ޑީއާރުޕީގައި އަޅުގަނޑު ހުރިއިރުން ފެށިގެން ޕްރައިމަރީ ބާއްވަން ވަކާލާތު ކުރީ މިހެންވެދާނެތީ. އަދި ކިރިޔާ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަޖީއާ ކުރިމަތިލާން މިޖެހުނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ގާތްގަޑަކަށް މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ގާތްގަނޑަކަށް އެއްލައްކަ ދިހަހާސް ވޯޓު ލިބިފައިވާއިރު، އެމްޑީޕީއަށް ލިބިފައިވަނީ ހަތްދިހަ ހަ ހާސް ވޯޓު ކަމަށެވެ. އެހެންނަމަވެސް އެވޯޓުވަނީ ދިހަ ބަޔަށް ބެހިގެން ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އިދިކޮޅު ފަޅި އިންތިޒާމް ކޮށްފައި ޕްރައިމަރީއެއް ބާއްވާފައި ސިންގަލް ކެންޑިޑޭޓުން ނެރެ އެމްޑީޕީއާ ވާދަ ކުރިނަމަ އެޕާޓީއަށް ނުލިބޭނެ ރާއްޖޭގެ ވިހި ޕަސެންޓުވެސް،" އިދިކޮޅު ފަރާތްތަކުގައި ޕްރައިމަރީއަށް ދޫދިނުމުގެ ވިސްމެއް ހުރި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އުމަރު ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާން ކުރަމުންދާއިރު، މިޑިއާތަކުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ.




ހިޔާލު
Rangalhu vaahakaeh