ރިއްމަސް އަޅަމުން އަންނަ ހަލަކުން މަހާ ޖައްރާފް ވެލިނަގާތީ މަސްވެރިންގެ ޝަކުވާ ބޮޑު: ޝިފާއު

މާލެ އަތޮޅުގަ މަސްވެރިން އެންމެ ގަދަޔަށް ރިއްމަސް އަޅަމުން އަންނަ ހަލުން މަހާ ޖައްރާފް ވެލިނަގަމުން ދާތީ މަސްވެރިންދަނީ އެކަމުގެ ޝަކުވާ ކުރަމުންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރ ކުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝިފާއު މިހެން ވިދާޅުވީ މިކަމާއިގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝިފާއު އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމަ ދެވޭ ބޮޑު ގެއްލުމެއްކަމަށާއި ކަމާބެހޭ ފަރާތްތަކުން މިކަން ހުއްޓުވާ ދެއްވުން އެދޭކަމަށެވެ.

ރިއްމަހަކީ މުށިމަހުގެ ސައިޒުގެ މަހެކެވެ. މަހުގެ މަތީބައިގެކުލަ ނޫކުލައަކަށް ދާ ފެހިކުލައެއްގައި ހުންނަ އައިން އައިން ގަނޑަށް އުޅޭމަހެކެވެ. މި މަސް އާއްމުކޮށް އުޅެނީ އެތެރެވަރީގެ ކަނޑުތަކުގައާއި ފުން ވިލުވިލުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ