ކޮންޓެއިނަރެއް ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި 19 މަރު

ޓުރަކަކުން ކޮންޓެއިނަރެއް ކަހާލައި ބަހެއްގައި ޖެހި އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި 19 މީހުން މަރުވެއްޖެއެވެ.

އިންޑިއާ ގަޑިން ރޭ ދަންވަރު 3:30 ހާއިރު ހިނގި މިހާދިސާގައި މަރުވެފައިވާ 19 މީހުންނަކީވެސް ބަހުގައި ދަތުރު ކުރި މީހުންނެވެ. އަދި މިހާދިސާ ހިނގިއިރު މި ބަހުން 48 މީހުން ދަތުރު ކުރަމުން ގޮސްފައިވެއެވެ. މިހާދިސާގައި އަނިޔާ ލިބުނު މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މި އެކްސިޑެންޓު ހިނގައިފައިވަނީ ހައިވޭއެއްގައި ކޮންޓެއިނަރ ހިފައިގެން ދިޔަ ޓުރަކުގެ ފުރޮޅެއް ފަޅައިގެން ގޮސް އެ ޓުރަކުން އުފުލި ކޮންޓެއިނަރ ކަހާލައިގެން ވެއްޓި ބަހުގައި ޖެހިގެންނެވެ.

އެކުސިޑެންޓުގައި ގެއްލުން ލިބުނު ބަހަކީ ކެރެލާ ސުޓޭޓް ޓުރާންސްޕޯޓް ކޯޕަރޭޝަންގެ ބަހެކެވެ. އަދި އެކްސިޑެންޓް ހިނގި އިރު ބަސް ދަތުރު ކުރަމުން ގޮސްފައިވަނީ، ބެންގަލޫރު ސިޓީއިން ކަރްނާޓަކާ ސުޓޭޓަށެވެ.

އެކުސިޑެންޓު ހިނގުމާއެކު ޓުރަކު ދުއްވަންއިން ޑުރައިވަރުވަނީ ފިލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ