މުއިއްޒު ފުލުހަށް ހާޒިރުކުރުމާއި އަލީ އާޒިމް ދެކޮޅު!

އިދިކޮޅު ޕީޕީއެމް އިން މާލެ ސިޓީގެ މޭޔަރަކަމަށް ވާދަކުރައްވާ ޑރ. މުޙައްމަދު މުއިއްޒުގެ ދިފާޢުގައި މީހަކު ކުރެއްވި ޓްވީޓެއް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ރިޓްވީޓް ކޮށްފިއެވެ.

އަލީ އާޒިމް ރިޓްވީޓް ކުރައްވާފައިވަނީ މުއިއްޒު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިޢުލާން ކުރެއްވުމުން ފުލުސް އޮފީހަށް ހާޒިރު ކުރާތީވެ އެކަމާއި ދެކޮޅަށް މީހަކު ކުރި ޓްވީޓެކެވެ.

މިހާރު ނޫހުން ލިޔެފައިވާ "ޑރ. މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި" މި ޚަބަރު ރިޓްވީޓު ކުރައްވައި އިސްމާއިލް ޒިޔާމް ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓް ގައި ބުނެފައިވަނީ އޭނާ އަކީ މުއިއްޒުގެ ސަޕޯޓަރެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރު މުއިއްޒު ފުލުހަށް ހާޒިރު ކުރަނީ ކީއްވެތޯ އޭނާ ސުވާލު ކުރައްވާފައި ވެއެވެ. މުއިއްޒު މޭޔަރު ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވެމުން ފުލުހަށް ހާޒިރު ކުރުން އެހާ ސަޅި ނޫން ކަމަށް އޭނާގެ ޓްވީޓުގައި ބުނެފައި ވެއެވެ.

އަލީ އާޒިމް ރިޓްވީޓް ކުރެއްވި ޓްވީޓް

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރައްވާ އަލީ އާޒިމް އެމްޑީޕީ އަށް ސޮއިކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައެވެ. ޑީއާރްޕީ ދޫކުރައްވާ އެމްޑީޕީ އަށް ބަދަލުވުމަށްފަހު އާޒިމް ގެންދަވަނީ ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ