ހުޅުމާލޭ ނިރޮޅު މަގުގައި ދެސައިކަލު ޖެހި އެކުސިޑެންޓެއް ހިނގައިފި

ހުޅުމާލޭ ނިރޮޅު މަގުގައި ދެސައިކަލު ޖެހި އެކުސިޑެންޓެއް މިއަދު ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައިދިޔަ ދެސައިކަލް ޖެހި އެކުސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު މިއަދު 14:30 ކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި އެކުސިޑެންޓު ހިނގިއިރު އެއްސައިކަލް ދުއްވަން އިނީ އުމުރުން 18 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށާއި އަދި އަނެއް ސައިކަލް ދުއްވަން އިނީ އުމުރުން 50 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިތަނުން 50 އަހަރުގެ މިހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސު އޮތްނަމަވެސް އުމުރުން 18 އަހަރުގެ މީހާ އަތުގައި ލައިސަންސު ނެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކުސިޑެންޓުގައި ދެ ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ސައިކަލް ދުއްވަންހުރި ދެމީހުންނަށް މާ ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި އެކުސިޑެންޓުގައި ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިފައިވާ ހުޅުމާލޭގައި އެކުސިޑެންޓު ހިނގުމަކީ އާންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ