މުޅި ހުޅުމާލެއިން ކަރަންޓު ގޮއްސި

މުޅި ހުޅުމާލެއިން ކަރަންޓު ގޮއްސިއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި ހުޅުމާލެއިން ކަރަންޓު ކެންޓިފައިވަނީ މިރޭ 22:30 ކަންހާއިރުއެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތްދޭ ސުޓެލްކޯއިންވަނީ މިއަދުގެ ވަކި ވަގުތުތަކެއްގައި މާލޭގެ ވަކި ސަރަހައްދަކުން ކަރަންޓު ކަނޑާލެވޭނެކަމުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ނަމަވެސް މިރޭ ހުޅުމާލެއިން ކަރަންޓު ގޮސްފައި މިވަނީ ކުއްލި ގޮތަކަށެވެ.

މިހާރު ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަށް ކަރަންޓުވަނީ އައިސްފައެވެ. ހުޅުމާލެއަށް ކަރަންޓު އައިސްފައި މިވަނީ ކަރަންޓު ދިޔަތާ ގާތްގަނޑަކަށް 25 މިނެއްޓު ފަހުންނެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ހުޅުމާލޭގައި ސްޓެލްކޯގެ ބޮޑު އިންޖީނުގެއެއް ވަނީ ހަދައިފަ އެވެ.

ހުޅުމާލޭގައި ގާއިމުކުރާ އާ ކަރަންޓް ވިއުގައިގެ މަސައްކަތް މިއަހަރުގެ އޮގަސްޓް ނިމޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން މާލެ ސަަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލު ލިބޭނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ