ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މާލޭގެ ދެސަރަހައްދަކުން ކަރަންޓު ކަނޑާލެވޭނެކަމަށް ސެޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސުޓެލްކޯއިން މިރޭ ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެންވޭރު ދެކުނުން ހެންދުނު 6:15 އިން 6:20އަށް އަދި ހެންވޭރު އުތުރުން ހެންދުނު 6:20 އިން 6:25 އަށް ކަރަންޓު ކެނޑޭނެ ކަމަށާއި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށެވެ.
މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ މިއަދުވެސްވަނީ ކުރިމަތިވެފައެވެ. މިއަދު ހެނދުނު ދިމާވި މިމައްސަލަ ހައްލު ކުރުމަށްފަހު 12:53 ހާއިރު މާލޭގެ ހުރިހާ ހިސާބަކަށް ސުޓެލްކޯއިންވަނީ ކަރަންޓު ދޫކޮށްފައެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ހުޅުމާލޭގައި ސްޓެލްކޯގެ ބޮޑު އިންޖީނުގެއެއް ވަނީ ހަދައިފަ އެވެ.
ހުޅުމާލޭގައި ގާއިމުކުރާ އާ ކަރަންޓް ވިއުގައިގެ މަސައްކަތް މިއަހަރުގެ އޮގަސްޓް ނިމޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން މާލެ ސަަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލު ލިބޭނެ އެވެ.




