ކޮވިޑް-19: ސަފާރީން އެއްވެސް ފަތުރުވެރިއަކު ފުވައްމުލަކަށް ނުފައިބާ: ސިޓީ މޭޔަރ ފަލާޙް

އައިލެންޑް ސަފާރީ 1 އިން ދަތުރުކުރި އެއްވެސް ފަތުރުވެރިޔަކު ފުވައްމުލަކު ސިޓީ އަށް ނުފައިބާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވެއްޖެ އެވެ.

އައިލެންޑް ސަފާރީ 1 ގައި ހުރި 2 ފަތުރުވެރިޔަކު އިއްުޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ސަފާރީ ފުވައްމުލަކުގައި ވަނީ ބަނދަރު ކޮށްފައެވެ. އެސިޓީގެ މޭޔަރ ފަލާޙް ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަތުރުވެރިން ދަތުރުކުރި ސަފާރީ ފުވައްމުލަކުގައި ބަނދަރުކުރި ނަމަވެސް އެއްވެސް ފަތުރުވެރިޔަކު އެ ސިޓީ އަށް ފައިބާފައި ނުވާ ކަމަށެވެ.

އެ ސަފާރީގެ ކައްޕި އާއި ކްރޫއެއް ފުވައްމުލަކަށް ފޭބި ކަމަށް މި ނޫހަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި ކައްޕި އާއި ކްރޫ އާއި ކޮންޓެކްޓް ވި މީހުންގެ ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ފަލާޙް ވިދާޅުވީ ނުރައްކާތެރި ވައިރެހެއްގެ ބިރުވެރިކަން އިންތިހާއަށް އޮތް ދަނޑިވަޅެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާއި މިހާތަނަށްވެސް ކަމާބެހޭ އެންމެހައި ފަރާތްތަކުގެ އިރުޝާދާއެކު ކުރަންޖެހޭ ހުރިހާ ކަމެއް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

ފުވައްމުލަކުގައި ބަނދަރު ކުރި ސަފާރީން ފެނުނު 2 މީހުންނާއެކު ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ