ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫއޭއީ އިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފައެއް ނުވޭ

ޔޫއޭއީ އިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފައިނުވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ދިން މައުލޫމާތުން އެމީހުން ބުނާ ނަމަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީހެއްގެ ނަން ނޫންކަމަށެވެ. އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ.

މަބްރޫކް ޢަޒީޒް ވިދާޅުވީ އެކަމާގުޅިގެން ސަރުކާރަށް މިހާތަނަށް ލިބިފައިވާ ރަސްމީ މައުލޫމާތުތަކުން ހާމަވާގޮތުގައި ޔޫއޭއީން ޕޮޒިޓިވްވިކަމަށް ބުނާ މީހާގެ ނަމަކީ ދިވެއްސެއްގެ ނަމެއް ނޫންކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އެންމެ ދެ ދިވެހިންނެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސަކާއި އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ ދިވެއްސެކެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ޕޮޒިޓިވް ވެފައިވާކަމުގެ ޚަބަރުތައް ފެތުރެމުންދިޔަ ނަމަވެސް ސަރުކާރުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ޑޮކްޓަރުގެ އާއިލާއާ ބެހޭ މައުލޫމާތު ހާމަކުރެއްވީ އޭނާ އަމިއްލަ، ފޭސްބުކްގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 16 މީހުން ޕޮޒެޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ