ޕީއެސްޖީގެ ތަރި އެޑިސަން ކަވާނީ ދެކުނު އެމެރިކާއަށް ބަދަލުވެދާނެކަމުގެ އިޝާރާތެއް އެނާއާއެކު އުރުގުއާއީ ޤައުމީޓީމަށް ކުޅުނު ޑިއޭގޯ ފޯލާން ދީފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން 13 އަހަރު ވަންދެން ޔޫރަޕުގައި ކުޅުމަށްފަހު ކަވާނީ މިހާރުވަނީ ދެކުނު އެމެރިކާއަށް ބަދަލުވާށެވެ. އެގޮތުން އޭނާދާން ބޭނުންވަނީ އާޖެންޓީނާގެ ބޯކާއަށްކަމަށްވެސް ރިޕޯރޓްކޮށްފައިވެއެވެ.
މީގެކުރިން ދިން އިންޓަރިވުއެއްގައި އާޖެންޓީނާގެ ބޯކާއަށް ކުޅެން ބޭނުންވާކަމަށް ކަވާނީވަނީ ހާމަކޮށްފައެވެ. އެކަމާއި ގުޅިގެން ފޯލާން ބުނީ އޭނާ އަބަދުވެސް ބޯކާ ސިފަކުރަނީ އުނދަގޫ ޗެލެންޖެއްކަމަށާއި، ބޯކާއަކީ ދެކުނު އެމެރިކާގެ މުހިންމު ކްލަބެއްކަމަށެވެ.
އެގޮތުން އެކޮނިމިކް ގޮތް ދޫކޮށް ޕްރިފެޝަނަލް ގޮތުން ބަލާއިރު ބޯކާ އަކީ ކަވާނީއަށް މުހިންމު ޗެލެންޖެއްކަމަށާއި، ކާވާނީ ބޯކާއާއި ގުޅުން ގާތްކަމަށް ފޯލާން ބުންޏެވެ.
އުމުރުން 33 އަހަރުގެ ކަވާނީ ފްރާންސްގެ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މިހާރުވަނީ ނިމުމަކަށް އައިސްފައެވެ. އޭނާ ހޯދުމަށް އެންމެ ގަދަޔަށް މަސައްކަތްކުރަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑެވެ. އެތުލެޓިކޯއާއި ކަވާނީއާއި ދެމެދު އަމިއްލަ އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ކަވާނީ ޕީއެސްޖީއަށް ކުޅެދިން 300 މެޗުން 200 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ކަވާނީއަކީ ޕީއެސްޖީގެ ޙަޔާތުގައިވެސް އެކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.




