ވެމްކޯގެ ވެހިކަލްތަކެއް - ފޮޓޯ: ވެމްކޯ

ކޯވިޑް-19 އާއި ގުޅިގެން ވެމްކޯއިން 200 މުވައްޒަފުން ހޯދުމަށް ކުރި އިޢުލާނު ބާޠިލް ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުން ނެގުން މަޑުޖައްސައިލަން ނިންމާފައިވާކަމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ވިދާޅުވެއްޖެއެވެ.

ވެމްކޯއިން 200 ވަގުތީ ކުނިކަހާ މީހުން ހޯދުމަށް އިއްޔެ އާންމުކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކޯޕަރޭޝަނުން މިއަދު ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެކޯޕަރޭޝަނުގެ މަޤާމްތަކަށް މިވަގުތު މުވައްޒަފުން ނެގުން މަޑުޖައްސާލަން ނިންމާފައިވާކަމަށާއި، މިގޮތަށް ނިންމާފައިވަނީ މި މަޤާމަށް އިންޓަވިއު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަކަށްވެފައި، ގިނަ އަދަދެއްގެ އާންމުން އެއްތަނަކަށް ޖަމާކޮށްގެން އިންޓަވިއު ކުރުމަކީ މިވަގުތަށް ރަނގަޅު ކަމެއް ނޫންކަމަށް ސިއްޙީ މާހިރުން ދެއްވާފައިވާ އިރުޝާދަށް ބިނާކޮށް ކަމަށެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނުން އިއްޔެ ކޮށްފައިވާ އިޢުލާނާއި ގުޅިގެން މިއަދުގެ ނިޔަލަށް ހުށައަޅާފައިވާ ފަރާތްތަކުގެ ފޯމްތައް ބާތިލްކުރެވިފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ވިދަޅުވެފައިވެއެވެ. އެކޯޕަރޭޝަނުން ވިދާޅުވީ ހާލަތު ބަދަލުވުމާއި އެކު މިމަޤާމަށް އަލުން އިއުލާންކުރެވޭނެ ކަމަށެވެ.

ވެމްކޯއިން ވިދާޅުވެފައިވަނީ އެ ކޯޕަރޭޝަނުން ހުޅުވާލާ މިފަދަ ފުރުސަތުތަކަށް ގިނަ އަދަދެއްގެ ދިވެހިން ކުރިމަތިލާކަމަކީ ނުހަނު އުފަލާއި އެކު ފާހަގަ ކުރާކަމެއްކަމަށާއި، އަދި އަލުން ހުޅުވާލެވޭ ފުރުސަތަކަށް ވެސް މިފަދަ ހޫނު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުހައްމަދު

    ކުނި ކަހާމީހުން ކޮންމެރެޔަކު ނެރިގެން މަސައްކައް ކުރުވާއިރުގައި އެމީހުންނައް ރިސްކް އެލަވަންސްވެސް ނުދޭ. އެމީހުން ނަކައް ބަލާލުމެއް ނޯވޭ. ކޮވިޑް 19 ގެ ބިރިވެރި ހާލަތުގައިވެސް ކޮންމެރެޔަކު ކަނބަލުން އެ ބުރަ މަސައްކަތުގަ. އެމީހުން ނައް އެއްވެސް ލުޔެއް ނެއް. އެމީހުން ނާ ދޭތެރޭގައި ވެމްކޯއިން ކަންތައް ކުރަނީ ބަލައިގަނެވޭ ފަދަގޮތަކައް ނޫން.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ