މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކޮވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއ މާފުށީ ޖަލުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނާއި އޮފިސަރުންނާއި މުވައްޒަފުންނަށް ކޮވިޑް-19 އާ ބެހޭ މަޢުލޫމާތު ޚިއްސާކޮށް، އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ޚިއްސާކުރުންކަމަށެވެ.
މި ގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއްގެ ގައިން ކޮވިޑް-19 ގެ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއް އެ ވައިރަހަށް ފައްސިވެއްޖެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް ބައިވެރިންނާ ޚިއްސާކޮށްފައިވާއިރު، ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅަންޖެހޭ ގޮތާއި ސާމްޕަލް ކަލެކްޓްކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާދީފައިވާނެކަމަށް އެސަރވިސްއިން ވިދާޅުވިއެވެ.
މިތަމްރީން ޕްރޮގްރާމްގެ 40 ބައިވެރިންގެ ތެރޭގައި ކަރެކްޝަން ސަރވިސްގެ އެކި ޖަލުގެ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ހިމެނެއެވެ.



