ރައީސް ޞޯލިހް - ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ސިއްޙަތު ދުވަސް: ރައީސްގެ ޝުކުރު ސިއްޙީ ޙިދުމަތްތެރިންނަށް

މިއަދަކީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އޭޕްރީލް މަހުގެ 7 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަ ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހެއެވެ.

ދުނިޔޭގެ ނިސްބަތުން ނަރުހުންނާއި އަދި ފޫޅުމައިންގެ އަހަރެއްގެ ގޮތުގައި 2020 އަހަރު ފާހަގަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމައިފައިވާއިރު މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ " ނަރުހުންނާއި ފޫޅުމައިންނަށް އެހީވަމާ" މިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުންމިދަނީ މި ފަހުގެ ތާރީހެއްގައި އިންސާނުންނަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ އެއް ކާރިސާ އާއި އެކު ކަމަށެވެ. އަދި މިއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަން ހާމައަށް ފެންނަން އޮތް ދަނޑިވަޅެއްކަމަށެވެ. ރައީސްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ސިއްޙީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރާ ކަމަށާއި އަދި އަވަހަށް ކޮވިޑް-19 އިން މުޅި ދުނިޔެ ސަލާމަތްވޭތޯ ދުއާކުރާކަމަށެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާއިރު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ކޮންމެ ދުވަހަކު ނަރުހުންނާއި، ޑޮކްޓަރުންނާއި އަދި ސިއްޙީ ޙިދުމަތްތެރިން އެވާ ގުރުބާނީއަކީ ވަރަށްވެސް މަތިވެރި ގުރުބާނީއެކެވެ. އެ ބޭފުޅުން ދެމުން އެގެންދަނީ އެކަމުގެ އަގު ކޮންމެދުވަހަކު ވެސް އަދާކުރަންޖެހޭފަދަ މާތް ޙިދުމަތްތަކެކެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަސް ކޮވިޑް-19 ގެ އަނދިރިކަމުގެ ތެރޭގައި ފާހަގަ ކުރަމުންދާއިރު މިހާތަނަށް ކޮވިޑް-19 ގެ ޝިކާރައަކަށްވެ ދުނިޔޭގެ އެކި ހިސާބުން އެތައް ބައިވަރު ޑޮކްޓަރުންނަކާއި ނަރުހުންނެއް ވަނީ މި ދުނިޔެ ދޫކޮށްގޮސްފައެވެ. އަދި މިހާތަނަށް 1 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު ޖުމްލަ 70،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ