ކޮވިޑް-19: މެއި 3 އާއި ހަމަޔަށް އިންޑިއާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އަވެއްޓެރި އިންޑިއާގެ ލޮކްޑައުންގެ މުއްދަތު މެއި 3 އާއި ހަމަޔަށް އިތުރުކޮށްފައި ވާކަން އެގައުމުގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ އިޢުލާން ކުރައްވައިފިއެވެ.

އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރީ މާރޗު 24 ވަނަ ދުވަހުއެވެ. ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވިއިރު އަނެއްކާވެސް ބޮޑުވަޒީރު މޯދީ މިވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައެވެ.

1.3 ބިލިއަން މީހުން ދިރިއުޅޭ މުޅި އިންޑިއާ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު މިހާތަނަށް 10000 އަށްވުރެ ގިނަ މީހުން ވަނީ އިންޑިއާއިން ކޮވިޑް-19 އަށް ފައްސި ވެފައެވެ. އިއްޔެ އެކަނިވެސް އިންޑިއާގައި ވަނީ 1248 މީހުން ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ހަކުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މުޅި ދުނިޔެއިން 1900000 (އެއް މިލިއަން 9 ލައްކަ) އަށްވުރެ ގިނަ މީހުން މިހާރު ވަނީ ފައްސި ވެފައެވެ. މަރުވި މީހުންގެ އަދަދު އެއް ލައްކައަށް ވަނީ އަރާފައެވެ. އެންމެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާއިން 587000 މީހުން ވަނީ ފައްސިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ