ވެމްކޯގެ ވެހިކަލްތަކެއް - ފޮޓޯ: ވެމްކޯ

މާލެ ސަރަހައްދުން މެވްކޯގެ ޚިދުމަތްތައް މެދުކަނޑާއިފި

މާލެ ސަރަހައްދުން މެވްކޯގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާއިފިކަން އެފަރާތުން ހާމަކޮށްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ އިން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އިއުލާނު ކުރުމާއި ގުޅިގެން އެފަރާތުން ފޯރުކޮށްދެމުންދާ އެންމެހައި ޚިދުމަތްތައް މެދުކަނޑާލައިފައިވާކަމަށެވެ.

ވެމްކޯގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފައި މި ވަނީ އެޗްޕީއޭ އަދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ލަފާގެ މަތިން މިކަމުގައި ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުންކަމަށާއި، އެ ކޯޕަރޭޝަނުން ފުރަމާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އެންމެހައި ޚިދުމަތްތައް ލޮކްޑައުން މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ކޯޕަރޭޝަނަށް އަންގާފައިވާތީ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ވެމްކޯއިން ވިދާޅުވީ ޚިދުމަތްތައް ހުއްޓާލެވިފައިވާ މިދަނޑިވަޅުގައި، ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި (ދެކޮތަޅަށްލުމަށްފަހު) ރަނގަޅަށް ބަންދުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން ހާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ކޯޕަރޭޝަނުގެ މެދުކެނޑިފައިވާ ޚިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރެވެމުންދާނޭ ކަމަށާއި މިގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ