މޫސުން ގޯސްވާނެކަމަށް ލަފާކޮށް އަނެއްކާވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެލާޓް ނެރެފައިވަނީ، ވ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ދެމެދަށެވެ. މިރޭގެ 19:15 އިން އިރުއޮއްސި 23:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
#AlertWhite issued for the area between Vaavu and Gaafu Alif Atoll. pic.twitter.com/TBtDADWFwv
— Maldives Meteorology (@MetMaldives) April 15, 2020
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާކަމަށާއި އުތުރު އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރުން އެކަށީގެންވާކަމަށެވެ.
އަދި ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ، އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށްވެސް އެއިދާރާއިންވަނީ ވިދާޅުވެފައެވެ.



