ބީއެމްއެލް

ބީއެމްއެލްގެ އޭޓީއެމްތައް ހުރީ ބަންދުކޮށްފައެއް ނޫން - ސަރުކާރު

ދިވެހިރާއްޖޭގެ މައި ބޭންކް، ބީއެމްއެލްގެ އޭޓީއެމްތައް ބަންދުކޮށްފައި ހުރިކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޮވިޑް-19 އާއި ގުޅިގވެން ދާދި ދެންމެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ.

މަބްރޫކް ވިދާޅުވީ، މާލޭގައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ބަންދުކޮށްފައިވާކަމަށް މީޑީއާގައި އަޑުފެތުރިފައިވާ ކަމަށާއި، ނަމަވެސް އެކަން ބީއެމްއެލްއިން ދޮގުކުރައްވާ ކަމަށެވެ.

"ބައެއް މީޑިއާތަކުގައި އެބަހުރި މާލޭގައިހުރި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ހުރީ ބަންދުވެފައި ކަމަށް. މިއީ ތެދު މަޢުލޫމާތެއް ނޫން. އޭޓީއެމްތައް ހުރީ ހުޅުވާފައި. އަދި ބީއެމްއެލްއިން ވަރަށް ބޮޑަށް ބޭނުންވޭ ތިބޭފުޅުންނަށް ވީ އެންމެ އަވަހަކަށް މިކަން އެނގެން." މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފަށާފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ މާލެ ކުރިއަށް އޮތް 14 ދުވަހަށް ލޮކްޑައުންކުރަން ނިންމައި، ރައްޔިތުން ގޭގައި މަޑުކުރުމަށް އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ