ކޮވިޑް-19 މުޅި ދުނިޔޭގެ އެކި ގައުމު ތަކުގައި ފެތުރެމުން މިދަނީ ފިތްކަނޑައިގެންދާހާ ބިރުވެރި ހަލުވި މިނެއްގައެވެ. މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައިނުވާ މިބަލީގެ ކުރިމަތީގައި ސިއްޙީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމު ތަކާއި ފައިސާ އާއި ބާރު ހުރެގެން އެއްވެސް ގައުމުކަށް މިބަލިން ރެކެވޭނެ ގޮތެއް ނުވިއެވެ. ކޮންފަދަ ބިރުވެރި ހިތްދަތި ވަގުތެއް ހެއްޔެވެ؟
އިއްޔެ އަކީ ރާއްޖެއަށް މިބަލި އައިފަހުން އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ. އިއްޔެ އެކަނި 17 ފަރާތެއް ވަނީ މި ކުޑަ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ދަތުރު ފަތުރުގެ ނިޒާމަކީ ކޮންމެހެން ބޭނުންވާ ނިޒާމެކެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މިރާއްޖެ ފުރިހަމަވަނީ ފުރިހަމަ ދަތުރު ފަތުރުގެ ނިޒާމަކުންނެވެ.
ގިނަ ދިވެހިންނަކީ އަމިއްލަ ރަށުން ކަނޑު ހުރަސްކޮށް ދަތުރުކޮށް ނުވަތަ ވައިގެ މަގުން ދަތުރުކޮށް އެހެން ރަށެއްގައި ވަޒީފާ އަދާކުރަމުން ދާ ދިވެހިންނެވެ. ގިނަ ދިވެހިން ވަޒީފާ އަދާކުރަނީ އުފަން ވަޒަނާއި ދުރުގައެވެ. އާއިލާއަށްޓަކައެވެ. އަނބިދަރިންނަށް ޓަކައެވެ.
ކޮވިޑް-19 ދުނިޔޭގެ އެތަން މިތަނަށް ފެތުރި މިވަނީ ގޭގޭގެ ދޮރުގައި ތަޅު އަޅުވާފައެވެ. މި ޖަޒީރާ ރާއްޖޭގެ ރަށް ތައް މިވަނީ ތަޅުލާފައެވެ. ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށްޓަކައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށް މުޅި ރާއްޖެ މިވަނީ ފުރަބަންދުގައެވެ. މިކަމުގައި އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަން މިޖެހެނީ ލޯބިވާ އަނބިދަރިންނާއި މައިންބަފައިން ކައިރިއަށް ނުދެވި މާދުރުގައި ވަޒީފާ އަދާކުރާ ތަނުގައި ތަޅުލެވިފައިވާ ޒުވާނުންނަށެވެ.
ރާއްޖޭގެ ގިނަ ރިސޯޓު ތަކެއް ބަންދު ކުރުމަށް ނިންމައި މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ބައެއް ރިސޯޓު ތަކުން ވަނީ ނިންމާފައެވެ. ނަމަވެސް އެޗްޕީއޭ އިން ވަނީ ރިސޯޓު މުވައްޒަފުންނަށް ރިސޯޓުން ބޭރުވެވޭނީ އެންމެ ފަހު ޓޫރިސްޓު ޗެކިންވާތާ 14 ދުވަސް ފަހުން ކަމުގައި ވިދާޅުވެފައެވެ. އަދި އެހާލަތުގައިވެސް ރިސޯޓު މެނޭޖުމެންޓުން އެޗްޕީއޭގެ ހުއްދައަށް އެދެން ޖެހެއެވެ. މުވައްޒަފުންގެ ސްކްރީނިން ޓެސްޓުތަކެއް ވެސް ހަދަންޖެހެއެވެ. އެއަށްފަހު މުވައްޒަފުންނަށް ރިސޯޓުން ބޭރު ވެވޭނެ ދުވަހެއް އެޗްޕީއޭ އިން އަންގާނެއެވެ.
އެހެންނަމަވެސް މިހާރު ދިމާވާ މައްސަލައަކީ އެޗްޕީއޭ އިން ރިސޯޓުން ފޭބުމަށް ހުއްދަ ދީފާއިވާ ރިސޯޓު ތަކުން މުވައްޒަފުންނަށް ބޭރުވާން ހުރަސް އެޅެނީ ރާއްޖެ ފުރަބަންދު ކޮށްފައި ހުރުމުންނެވެ. އެޗްޕީއޭ އިން އިއްޔެވެސް ވަނީ ރިސޯޓަކަށް މުވައްޒަފުން ފޭބުމަށް ހުއްދަ ދީފައެވެ. ނަމަވެސް މުޅި ރާއްޖެ ފުރަބަންދު ކޮށްފައި ހުރުމުން ދެން މިކަމަށް ހައްލެއް ލިބޭނީ ކިހިނެއްތޯ މި މުވައްޒަފުން ސުވާލު ކުރެއެވެ.
ބައެއް ރިސޯޓު ތަކުން ރާއްޖޭގެ ބައެއް ރަށްތަކަށް މުވައްޒަފުންނަށް މިހާރުވެސް ދަތުރު ކުރެވޭއިރު މާލެ އަށް ދަތުރު ކުރުމުގެ ހުއްދައެއް ނުލިބެއެވެ. އާއިލާ މާލޭގައި އުޅެމުންދާއިރު ތުއްތު ދަރިފުޅު ކައިރިއަށް ނުދެވި ރިސޯޓު ގައި ހޭދަކުރަމުންދަނީ ވަރަށްވެސް ހިތްދަތި ކަމުގައި މާލެ ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މި މުވައްޒަފުންނަށް މާލެ އާއީލާކައިރިއަށް ދެވޭނެ ގޮތެއް އޮންނަންވާނެއެވެ. މި ބިރުވެރި ވަގުތު އާއިލާ އާއި ދުރުގައި ހުންނަން ޖެހުމަކީ އިތުރު ހިތްދަތި ކަމެކެވެ.
ބައެއް މުވައްޒަފުންނަށް މިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތަކެއް ކުރިމަތިވުމަކީ ވަރަށް ގާތްކަމެކެވެ. މާލޭގައި ކޮންމެ ދުވަހަކުން އެއް ދުވަހު ކޮންމެ ގޭބިސީއަކުން އެކަކަށް 1 ގަޑިއިރަށް ބޭރަށް ނިކުތުމުގެ ހުއްދަ ލިބޭއިރު އެޗްޕީއޭއިން ބުނާ މުއްދަތު ފުރިހަމަކޮށްފައިވާ ރިސޯޓު ތަކުގެ މުވައްޒަފުންނަށްވެސް މާލެ ނުދެވޭން ޖެހޭ ސަބަބެއް ނެތެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންވެސް ރާއްޖެ ގެނަސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު މާލެ ދެވެއެވެ. އެހެންނަމަވެސް 14 ދުވަހަށްވުރެ ގިނަދުވަހު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކޮށްފައިވާ ރިސޯޓު މުވައްޒަފަށް މާލެ އެރޭނެ ގޮތެއް ނެތެވެ. އަދިވެސް އެތިބީ ރިސޯޓުގައި ތާށިވެފައެވެ.




2 Responses
Resort muvazzafunnah hamaekani dhaan beynunvanee maleakah noon. Emuvazzafunge resortuga 28 dhuvahu bandhuga thibefa male ais rashah nudhevifa kithamme resort muvazzafeh ebathibi. Ahatemennakee Nopay leave ga tesortun fonuvaali baeh. Rashah dhaakah hudhdheh nulibey. Mimaleyga lockdown began thibumahvvure amilla rashuga isolate vegen thibenves rashah dhaan aharemen beynun. Ekamaku sarukaarun ekamaa visnaatho. Covid 19 mirajje aihisaabun feshigenves hurihaa restrictions eh resort muvazzafunnah. Mee insaafeh noon. Sarukaarun mivanee aharemen baakeekoffa
I beg HPA to take all the precautionary measures and send these young youths to their rightful birthplace, it’s mentally and physically frustrating to stay separated from their loved ones at this kind of situations…