މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

ވައިޓް އެލާޓް: މެދުރާއްޖެތެރެއަށްވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ

މޫސުން ގޯސްވެ މެދުރާއްޖެތެރެއަށްވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ މޫސުމާއިބެގޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ތ. އަތޮޅަށެވެ.

މިއަދު މެންދުރުފަހު 14:10 ން އިރުއޮއްސި 07:00 އާއި ހަމައަށް ނެރެފައިވާ މިވައިޓް އެލާޓްގައި މިސަރަޙައްދުތަކަށް އެލާޓް ނެރެފައިވާ ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކުރިއަތް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ