ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށްވެސް ޔެލޯ އެލާޓު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ފުވައްމުލަކު ސިޓީ އަށާއި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:10 އިން މިއަދު ހަވީރު 16:00 ގެ ނިޔަލަށެވެ.
މީޓިއޮރޮލޮޖިކަލް ސަރވިސް އިން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، މި 2 ސިޓީ އަށްވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
Alert Yellow for torrential rain and thunderstorms pic.twitter.com/5Y9IwQ00uk
— Maldives Meteorology (@MetMaldives) April 23, 2020
މިއަދަކީ ނަކަތުގެ ގޮތުން ބަލާނަމަ ބުރުނު ނަކަތުން 2 ވަނަ ދުވަހެވެ. ބުރުންޏަކީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތެވެ. މި ނަކަތް ފެށޭކޮޅު ވިއްސާރަ ނަމަވެސް ފަހުން މޫސުން ރަނގަޅު ވާނެއެވެ.
މިދުވަސްކޮޅު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދަނީ ޔެލޯ އެލާޓު ނެރެމުންނެވެ. ކަނޑު ދަތުރު ފަތުރު ކުރައްވާ ފަރާތަތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.



