ވެމްކޯ އިން ޑަސްބިން ކޮތަޅު ވިއްކަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޑަސްބިން ކޮތަޅު ވިއްކަން ނިންމައިފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.

ވެމްކޯއިން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ އެދުމުގެ މަތިން އެކުންފުނިން ޑަސްބިން ކޮތަޅު ވިއްކަން ނިންމައިފައިވާ ކަމަށާއި ޑަސްބިން ކޮތަޅު ގައްނަން ބޭނުންފުޅުވާ ފަރާތްތަކުން 7621666 ނަންބަރަށް ވައިބާ މެދުވެރިކޮށް މެސެޖޔ ކުރެއްވުން އެދޭ ކަމަށެވެ.

މިގޮތުން ވެމްކޯއިން އޯޑަރު ނަގަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ. އަދި އޯޑަރު ކުރައްވާ ޑަސްބިން ކޮތަޅު ތިންދުވަހުގެ ތެރޭގައި އެ އޯޑަރު ކުރައްވާ ފަރާތަކަށް ގެންގޮސްދޭނެ ކަމަށްވެސް ވެމްކޯއިން މައުލޫމާތު ދެއެވެ.

މިހިދުމަތައް ވެމްކޯއިން ފައިސާ ބަލައިގަތުމަށް ނިންމައިފައިވަނީ އޮންލައިން ކޮށެވެ. މިގޮތުން ފައިސާ ދެއްކެވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 7730000058275 ނަންބަރު އެކައުންޓަށް ރުފިޔާ ޓުރާންސްފަރ ކުރުމަށް ވެމްކޯއިން އެދިލައްވައެވެ.

ވެމްކޯ އިން ބުނީ 60 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 150 ރުފިޔާ ކަމަށެވެ. ވެމްކޯ އިން ކުނިއުކުމުގެ ހިދުމަތް ދޭންފަށައިފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ