ދިވެހިރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށްބުނެ އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވަޒީއެއް ނެރެފިއެވެ.
އެމެރިކާއިން މިއަދު ނެރެފައިވަނީ ލެވެލް ދެއެއްގެ ޓްރެވަލް އެޑްވައިޒަރީއެކެވެ.
އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ފުރަތަމަ ބުނެފައި ވަނީ ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދިނުން ގާތް ކަމަށާއި، ދަތުރު ކުރުމުގައި ސަލާލުކަން ދޭން ޖެހޭކަމަށެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރި މަންޒަލްތަކަށާއި، ދަތުރުވެރިން ޖަމާވާ ތަންތަނަށާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް ކުޑަ އިންޒާރެއް ދިނުމާއެކު، ނުވަތަ އެެއްވެސް އިންޒާރަކާ ނުލައިވެސް ނިރުބަވެރި ޖަމާއަތަކުން ހަމަލާދީފާނެކަމަށް އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކަމާގުޅޭ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތި ރާއްޖޭގެ ޖަޒީރާ ރަށެއްގައިވެސް ހަމަލާއެއް ދީފާނެކަމަށް ސަމާލުވުމަށް އެމެރިކާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިއުލާން ކުރި އެސްއޯއީގެ ވާހަކައާއި މާފުށީގައި މުޒާހަރާ ކުރާ ވާހަކަތައް މިހާރު ހިނގަމުންދާ ކަމެއްގެ ގޮތުގައި އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ހިމަނާފައިވެއެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރުނުއިރު، ދިވެހިރާއްޖޭގައި އެއްވެސް ސިޔާސީ އަދި އެހެނިހެންވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ރާއްޖެއަށް ނުރައްކަލެއް އޮތްކަމުގެ އެއްވެސް ވާހަކައެއް ހާމަކޮށްފައެއްވެސް ނުވެއެވެ.




ހިޔާލު
މިހާޜު ތިޔަބުނާ ޒާތުގެ ހަމަލާޢެއް ރާޢްޖެއަށް ނުދެވިގެން އެމެރިކާ ތެޅިފޮޅެނީނު. އެހެންވީމާ ދެން ފާޑުފާޑުގެ ވާޙަކަ ދައްކާނެ. މުޅިދުނިޔެ ފަސާދަކުރަނީ މި އެމެރިކާއިން.