މޫސުން ގޯސްވެ މުޅިރާއްޖެއަށް ވައިޓްއެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓްއޮފީހުން) ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 05:00 އިން މިރޭ 09:00 އަށެވެ.
މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި މުޅި ރާއްޖެއަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/gwXzEVHMlr
— Maldives Meteorology (@MetMaldives) April 27, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
.މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
.



