ވެކްސިނެއް އުފެއްދެންދެން ކޮވިޑް-19 އަށް ބޭނުން ކުރެވޭނެ ފަރުވާއެއް ޔޫއޭއީން ހޯދައިފި

ވެކްސިނެއް އުފެއްދެންދެން ކޮވިޑް-19 އަށް ބޭނުން ކުރެވޭނެ ފަރުވާއެއް ޔޫއޭއީން ހޯދައިފި އެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑިރެކްޓަރ އޮފް ސްޓްރެޖިކް ކޮމިޔުނިކޭޝަން ހެންދު އަލް އޮތައިބާ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ ރިސާޗު އިންސްޓިޓިއުޓުން ކޮވިޑް-19 އަށް ބޭނުން ކުރެވޭނެ ފަރުވާއެއް ހޯދާފައިވާކަމަށެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 73 ފަރާތަކަށް މި ފަރުވާ ދީގެން މުޅިން ރަނގަޅުވެފައި ވާކަމަށްވެސް އޮތައިބާ ވިދާޅުވިއެވެ. އަދި މި ފަރުވާ ދީގެން ރަނގަޅުވި އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ސައިޑް އެފެކްޓެއްވެސް ފެނިފައި ނުވާކަމަށް އޮތައިބާ ވިދާޅުވިއެވެ.

މިފަރުވާއަކީ، ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ލެއިން ސްޓެމް ސެލްތައް ނެގުމަށްފަހު، އަލުން ފުއްޕާމެއަށް އެ ސެލްތައް ފޮނުވައިގެން، ފުއްޕާމެއިން ހަލާކުވެފައި ހުންނަ ސެލްތައް މަރާމާތު ކޮށްގެންދޭ ފަރުވާއެކެވެ.

މިހާތަނަށް ކޮވިޑް-19 އަށް ވަކި ހާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެކިގައުމުތަކުން މިބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި އެކި މެތަޑުތައްދަނީ ޓެސްޓު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
35
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ