ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އަށް އެކަނި ކަމަށް މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، މާލެއިން ދަތުރުކުރާ ފަރާތްތައް ގޭގައި ނުވަތަ ކަރަންޓީނު ފެސިލިޓީއެއްގައި14 ދުވަސް ވަންދެން އައިސޮލޭޓް ކުރަންޖެހޭ ކަމަށާއި، ނަމަވެސް ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެވޭނީ އެޗްޕީއޭއަށް އެކަނި ކަމަށެވެ.
"މޮނިޓަރިންގެ ހާލަތަށް ގެއެއް ގެނެވޭނީ އެޗްޕީއޭގެ ފަރާތުން. އެބާރު އެހެން ބަޔަކަށެއް މިވަގުތަކުއެއް ލީގަލީ ނޯންނާނެ." މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިއުމުގެ އުޞޫލު މިރޭ ޢާއްމުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިވަގުތު އަމަލުކުރައްވަމުން ގެންދަވަނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ.
"މައިގަނޑު ގޮތެއްގައި މިވަގުތު ވިސްނުން ހުރިގޮތަކީ މާލޭގައި ތިއްބަވާފައި ރަށްރަށަށް ވަޑައިގަންނަވާއިރު، އެލްޖީއޭއާއި ކައުންސިލްތަކާ ގުޅިގެން ހައްދަވާފައިހުރި ލިސްޓްތަކުގައި ތިބި ބޭފުޅުން ރަށްރަށަށް ދިއުމުގެ ކުރިން މަޝްވަރާ ކުރެވޭ އެރަށްރަށުގެ ކައުންސިލްތަކާ އެކީގައި ކިހިނެތްތޯ މިކަން އެންމެ ރަނގަޅަށް ކުރެވޭނީއާއި، ކިހާ ބަޔަކު މިވަގުތު ގެންދެވިދާނެތޯ. މިގޮތަށް ބަލާ ވާހަކަ ދެއްކުމަށްފަހުގައި ކައުންސިލްތަކާއި ރަށްރަށުގެ ޓާސްކްފޯސްތަކުން ނިންމަނީ ކަރަންޓީނުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތް." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް މިހެން ވިދާޅުވިއިރު އައްޑޫ ސިޓީއަށް މިއަދު ފޮނުވާލި 28 މީހުންގެ ތެރެއިން 23 މީހަކު ވަނީ ހޯމް އައިސޮލޭޝަންއަށް ފޮނުވާލާފައެެވެ. އަދި އެ ގެތައް އެ ސިޓީގެ ކައުންސިލުން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.




ހިޔާލު
އެހެންތަ. މީނަ ހާދަގަަދައޭ