ވައިޓް އެލާޓް: ބޮޑު ސަރަޙައްދަކަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހޭނެ

ބޮޑު ސަރަޙައްދަކަށް އަދިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.

މިއަދު މެންދުރު 13:45 އިން ރޭގަނޑު 19:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، މިވަގުތު ތަކުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރަކީ ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭ ދުވަސް ވަރަކަށްވުމުން އެކި ހިސާބުތަކަށް ދަނީ ވައިޓް އެލާޓު ނެރެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ