ހެރެތެރެ ރިސޯޓް

ހެރެތެރެ ކަރަންޓީން ފެސިލިޓީން ފިލި އެންމެން ހައްޔަރުކޮށްފި

ހެރެތެރެ ރިިސޯޓުގެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީން ކޮށްފައި ތިއްބާ ފިލައިގެން ދިޔަ ފަސް މީހުން ހޯދައި ހައްޔަރުކޮށްފި އެވެ.

ކަރަންޓީނު ކޮށްފައި ތިއްބާ އެ ފަސް މީހުން ފިލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ މީހުންގެ ތެރެއިން ތިން މީހަކު ރޭގައި ހޯދައި ހައްޔަރު ކޮށްފައިވާއިރު ބާކީ ތިބި ދެ މީހުން ހޯދައި ހައްޔަރު ކުރީ ރޭ ފަތިހު އެވެ.

މީގެ ކުރިން ބައެއް ރިސޯޓްތަކުން މީހުން ފިލައިގެން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައިވީނަމަވެސް މިއީ ކަރަންޓީނު ފެސިލީޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. މިކަމާއިގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވެފައިވަނީ ކަރަންޓީން ފެސިލިޓީތަކަކީ ޖަލެއް ނޫން ކަމަށެވެ. އަދި އޭނާ ވަނީ ފަރުދީ ޒިންމާއަދާ ކުރެއްވުމަށް އެދިލައްވާފައެވެ.

މި މައްސަލަ މިހާރު ފުލުހުންދަނީ ތަހުޤީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ