ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ ކަމަށް އެލާޓް ނެރެފި

ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮސް މޫސުމާބެހޭ ޤައުމީ އިދާރާ އިން އެލާޓް ނެރެފިއެވެ.

އެގޮތުން މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން މިއަދު ހަވީރު 17:00 އާއި ހަމައަށެވެ.

މި ދުވަސްކޮޅަކީ މުޅި ރާއްޖެއަށްވެސް އާންމު ގޮތެއްގައި މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އެލާޓް ނެރެމުންނެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާކަމަށާއި، އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފަ ވިލާގަނޑުގައި ގަދަވާނެކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ