ޓްރީޓޮޕް ހޮސްޕިޓަލް | ފޮޓޯ: ސަން

ޓްރީޓޮޕްގެ 25 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ 25 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ ޑޭވިޑް ފެއިންބަރގް ވިދާޅުވީ ޓްރީޓޮޕްގެ ވަޒީފާއިން 25 މުވައްޒަފަކު ކަނޑާލެވުނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ ޑޭވިޑް ފެއިންބަރގް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ލިބެމުންދިޔަ އާމްދަނީގެ 70 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހުނީ ލިބެމުންދިޔަ އާމްދަނީން 70 އިންސައްތަ ދަށްވުމާ ގުޅިގެން ކަމަށް ޑރ ޑޭވިޑް ވިދާޅުވިއެވެ. އަދި މިހާލަތު ބަދަލުވެ އާންމު ހާލަތަށް ރުޖޫޢުވުމުން އެންމެ ފުރަތަމަ ވަޒީފާ އަނބުރާ ދޭނީ އެމީހުންނަށް ކަމަށް ޑރ. ޑޭވިޑް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޑޭވިޑް ވިދާޅުވީ މިހާރު އެ ހޮސްޕިޓަލުގައި 500 މުވައްޒަފުން ތިބޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޓްރީޓޮޕް ހޮސްޕިޓަލު ބަދަލުކުރުމަށް އެންޑީއެމް އާއެކު ސޮއިކޮށްފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
291
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ