"13 ރީޒަންސް ވައި"ގެ ފަހު ސީޒަންނަށް ތައްޔާރުތަ؟ އަންނަ މަހު 5 ގައި!

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ މަޝްހޫރު ސީރީޒް “13 ރީޒަންސް ވައި" ގެ އެންމެ ފަހު އަންނަ މަހު ފަހެއްގައި ސްޓްރީމްކުރުމަށް ނިއްމައިފިއެވެ.

“13 ރީޒަންސް ވައި" ގެ ހަތަރު ވަނަ ސީޒަން އަންނަ މަހުގެ ފަސް ވަނަ ދުވަހު ސްޓްރީމްކުރާނެ ރަސްމީކޮށް ނެޓްފްލިކްސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ސީރީޒްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައިވެސް މި ކަން ވަނީ އިއުލާންކޮށްފައެވެ.

ފުރަތަމަ ސީޒަނަށްފަހު ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދި މި ސީރީޒްގެ ކާމިޔާބު ސީޒަންއެއް މީގެ ކުރިން ވަނީ ދައްކާފައެވެ. ހަތަރުވަނަ ސީޒަންއިން ސީރީޒް ނިމިގެންދާއިރު، މިކަން ވާނީ ފޭނުންނަށް ލިބޭ ވަރަށް ބޮޑު ހިތާމައަކަށެވެ.

މި ސީރީޒްއަކީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ ސީރީޒްއަކަށްވާއިރު، މި ސީރީޒް ގެ ހަތަރުވަނަ ސީޒަންއާއެކު ސީރީޒް ނިއްމާލާނެކަންވެސް ނެޓްފިލްކްސް އިން މީގެ ކުރިން ވަނީ ހާމަކޮށްފިއެވެ.

ސީރީޒްގެ ފުރަތަމަ ސީޒަން ފެށިގެންއަންނަނީ، ވާހަކައިގެ މައިގަނޑު ކެރެކްޓާ “ހެނާ ބޭކާ” އަމިއްލަ މަރުވާ ހިސާބުންނެވެ. ސީރީޒްގެ ފުރަތަމަ އަދި ދެވަނަ ސީޒަންގައި ހިނގާ ހުރިހާ ހާދިސާތަކެއް ގުޅިފައިވަނީ މިކަމަށެވެ.

މި ސީރީޒްއިން އަމިއްލައަށް މަރުވުމަށް ހިތްވަރުދޭކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، މި މައްސަލައާއި ގުޅިގެން ނެތްފިލްކްސް އިން ވަނީ ސީރީޒްގެ މިފަދަ މަންޒަރުތައް ކަނޑާފައެވެ.

ސީރީޒްގެ ވާހަކައިގެ މޮޅުކަމުން މި ސީރީޒް ގިނަ ބަޔެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާއިރު، މި ފަހަރުގެ ސީޒަންގައިވެސް، ސީޒަން ތިނަކާއި ގުޅުވައިގެން ޝައުގުވެރި ވާހަކައެއް ގެނެސްދޭނެއެވެ.

މި ސީރީޒް ނިމިގެންދާއިރު، މި ސީރީޒްގެ އެކްޓަރުންގެ އެންމެ ފަހު މަންޒަރުތައް އެކުލަވައިލައިގެން ވާދާއި ވީޑިއޯ އެއްވެސް ނެޓްފިލްކްސް އިން ވަނީ ދާދިފަހަކުން ދައްކާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ