ހާލުގައި ޖެހުނު މަސްއޮޑިއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ސިނަމާލެ ބުރިޖު ސަރަހައްދުން ހާލުގައި ޖެހުނު މަސްދޯންޏަކަށް މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މޫސުން ގޯސްވެ ހާލުގައި ޖެހުނު މަސް އޮޑިޔަކަށް މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީ އެ ދޯނީގައި ދަތުރުކުރި މީހުންނާއި އެ ދޯނި ސަލާމަތް ކޮށްދީފައިވާ ކަމަށެވެ. އަދި މިދުވަސްވަރު ކަނޑު ދަތުރު ނުކުރެއްވުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުންވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް، މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ލަފާކޮށްފަ އެވެ.

ކުރިއަށް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކޮޅިގަނޑުތަކުގައި ކަނޑުތައްވެސް ގަދަވާނެކަމަށް އެ އޮފީހުން ލަފާކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ