ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅުނުވެ ބޮޑު ސަރަހައްދަކަށް އަނެއްކާވެސް އެލާޓް ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން މ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ މިސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން މިސަރަހައްދުގެ ރައްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 11:30 އިން ފެށިގެން މިރޭ ފަތިހު 04:30 ގެ ނިޔަލަށެވެ.
White Alert for heavy rain and thunderstorms with gusts pic.twitter.com/NAxmYQpbrh
— Maldives Meteorology (@MetMaldives) May 15, 2020
މިހާރު މުޅި ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގެ އައްޑޫ ސިޓީގައިވަނީ ފެންވެސް ބޮޑުވެފައެވެ. އަދި އެ ސިޓީގެ ބަޔެއް ގެތަކަށްވަނީ ފެންވެސް ވަދެފައެވެ.
މިއީ ނަކަތުގެ ގޮތުން ބަލާނަމަ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތް ކަމަށްވާ ކެތި ނަކަތުގެ ދުވަސްވަރެވެ. މި ނަކަތަކީ ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށްކުރާ ނަކަތެކެވެ.




