އެންމެ ދެކުނުގެ މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓް

އެންމެ ދެކުނުގެ މޫސުން އިތުރަށް ގޯސްވެ، މޫސުމާބެހޭ ގައުމީ އިދާރާއިން އެ ސަރަހަށްދަށް ޔެލޯ އެލާޓް ނެރެފިއެވެ.

އެގޮތުން މެޓް އޮފީހުން ވަނީ މިއަދު މެންދުރު 13:20 އިން ފެށީގެން ހަވީރު 16:30 އާއިހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ޔެލޯޓް އެލާޓް ނެރެފައެވެ. މި އެލާޓްގައި ބުނެފައިވަނީ މި ސަރަހައްދަށް އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މޫސުމާބެހޭ ގައިމީ އިދާރާއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ.

މެޓް އޮފީހުން މީގެ ކުރިން ވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވެ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް މިއަދު ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށެވެ. ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.

 

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ