ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ސަބްމެރިން ކުރީމް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާންނެ ތަކެތި:
- މެދު ސައިޒުގެ ފިޔައެއްގެ 1/4 އެއްބައި
- މެދު ސައިޒުގެ 3 ލޮނުމެދު
- 2 މަތިގަނޑު ވިނަގަރ
- 3 ތިކި މަސްޓަޑް ކުރީމް
- 1/2 ސަމުސާ ހަކުރު (މޭޒުމަތީ ސަމުސާ)
- ކުޑަ ލޮނުކޮޅެއް
- 1 ޖޯޑް ތެޔޮ
- 2 ކުކުޅު ބިހުގެ ރީދޫބައި
- 3 ފޮތި ޗީޒް (ސްލައިސް)
ތައްޔާރުކުރާނެ ގޮތް:
ތެލާއި، ޗީޒް ފިޔަވައި ހުރިހާ އެއްޗެއް މިކްސަރަށް އެޅުމަށްފަހު ހިމުންވަންދެން ޖައްސާލާށެވެ. އެއަށްފަހު ތެޔޮ ޖޯޑު މަދުމަދުން އަޅަމުން މިކްސަރުން އެއްކުރަމުންދާށެވެ. ދެން ކްރީމްގަނޑު ތަށްޓަށް އެޅުމަށްފަހު މެލްޓްކުރި ޗީޒް އޭގެތެރެއަށް އެއްކޮށްލާނީއެވެ.



